ބޮލީވުޑް

އަނީތާއަށް ފިރިހެން ކުއްޖެއް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިންޑިއާގެ ޓީވީ އިންޑަސްޓްރީގެ އެންމެ މަޝްހޫރު ބަތަލާއިންގެ ތެރޭގައި ހިމެނޭ އަނީތާ ހަސަނަންދާނީ ވިހައިފިއެވެ. ޔޭ ހޭ މޮހޮއްބަތޭއިން ޝަގުން ގެ ރޯލުން ބޮޑު ސަމާލުކަމެއް ހޯދި އަނީތާ ވިހާފައިވަނީ ފިރިހެން ކުއްޖެކެވެ.

އަނީތާ އަށް ފިރިހެން ކުއްޖަކު ލިބުނު ކަން ހާމަކޮށްފައިވަނީ އޭނާގެ ފިރިމީހާ ރޯހިތު ރެޑީ އިންސްޓްގްރާމްގައި ކުރި ޕޯސްޓެއްގައެވެ.

ރޯހިތު ވަނީ ހޮސްޕިޓަލުގައި އެ ދެމަފިރިން ނަގާފައިވާ ފޮޓޯއެއް ވެސް ހިއްސާކޮށްފައެވެ.

އުމުރުން 39 އަހަރުގެ އަނީތާއަށް އަލަތު ދަރިފުޅު ލިބިފައިމިވަނީ ކައިވެނިކުރިތާ ހަތް އަހަރު ފަހުންނެވެ. ބަލިވެއިން ވާހަކަ އަނީތާ އާއި ފިރިމީހާ ރޯހިތު ހިއްސާކުރި މިދިޔަ އޮކްޓޯބަރު މަހު އިންސްޓަގްރާމްގައި ޕޯސްޓުކުރި މަޖާ ވީޑިއޯއެއްގައެވެ.

އަނީތާ އަކީ މަގުބޫލު އެތައް ސިލްސިލާއެއް ކުޅެފައިވާ ބަތަލާއެކެވެ. އޭގެ ތެރޭގައި "ނާގިން" އާއި "ޔޭ ހޭ މޮހަބައްތޭން" އާއި "ޔޭ ހޭ އާޝިގީ" އާއި "ކިޔޫ ކީ ސާސް ބީ ކަބީ ބަހޫ ތީ" ފަދަ އެތައް ސިލްސިލާއެއް ހިމެނެ އެވެ. އަނީތާ އަކީ އިންޑިއާގެ އެކި ބަހުރުވަތަކުން ތައްޔާރު ކުރާ ފިލްމުތަކެއް ވެސް ކުރިން ކުޅުނު ތަރިއެކެވެ. އޭނާ ކުޅުނު ހިންދީ ފިލްމުތަކުގެ ތެރޭގައި "ކުޗް ތޯ ހޭ" އާއި "ކޮއީ އާޕް ސާ" އާއި "ޖަސްޓް މެރިޑް" ގެ އިތުރުން "ރާގިނީ އެމްއެމްއެސް 2" ހިމެނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!