ކުޅިވަރު

ހަނދުގައި ފާޚާނާ ހަދާނެ ގޮތަކާއިމެދު ނާސާއިން އާއްމުންގެ ޙިޔާލު ހޯދަނީ! އެންމެ މޮޅު ޑިޒައިނަކަށް 35000 ޑޮލަރު!

ދެން އެމްވީ ، ދެން އޮންލައިން

ހަނދުގައި އެސްޓްރަނޯޓުންނަށް ހަދާ ފާޚާނާތައް ފަރުމާ ކުރާނެ ގޮތަކާއިމެދު ނާސާއިން އާއްމުންގެ ޙިޔާލު ހޯދަން ފަށައިފިއެވެ.

Ads by MWSC

ޖައްވާއި ހަނދަށް ދަތުރުކުރާ މީހުންނަކީ ތަފާތު އެކި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ބައެކެވެ.

މިފަދައިން ކުރިމަތިވާ އެއް ކަމަކީ ހަނދަށް ދަތުރުކޮށްފައި، ފާޚާނާއަކަށް ދާން ޖެހުން ކަމުގައި ވިޔަސް ދެވޭނެ ގޮތެއް ނެތުމެވެ.

އެހެންކަމުން ނޭޝަނަލް އޭރޯނޯޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) އިން ގަސްދުކޮށްފައިވަނީ ހަނދަށް ދަތުރުކުރާ އެސްޓްރަނޯޓުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން، ހަނދުގައި ފާޚާނާ ހަދާށެވެ.

ނަމަވެސް ހަނދުގައި "ބިމަށް ދަމާ ބާރު" (ގްރެވިޓީ) ނެތުމުގެ ސަބަބުންނާއި ހަނދަށް ފޭބުމަށްވެސް ވަގުތު ނަގާތީ، އެތަނުގައި ފާޚާނާއެއް ހަދާނެ ގޮތަކާއިމެދު ނާސާއިން ވަނީ އެހީތެރިކަން ބޭނުންވެފައެވެ.

އެހެންކަމުން މައިކްރޯ ގްރެވިޓީގައާއި ލޫނާ ގްރެވިޓީގައި ވެސް، އެސްޓްރޮނޯޓުންނަށް ފާޚާނާ ބޭނުން ކުރެވޭނެ ގޮތަކާއިމެދު ޑިޒައިންތަކެއް ފޮނުވާ ދިނުމަށް ނާސާއިން އެދިފައިވެއެވެ.

ނާސާއިން ބުނެފައިވަނީ އެމީހުން ބޭނުންވަނީ މިފާޚާނާތައް ވީހާވެސް ކުޑަކޮށް ހުރުމަށް ކަމަށެވެ.

ފާޚާނާތަކުގެ ފަރުމާތައް މިއަހަރުގެ އޯގަސްޓު މަހުގެ 17 ގެ ކުރިން ނާސާގެ އޮފީހަށް ފޮނުވުމަށާއި އެންމެ ފުރިހަމަ ޑިޒައިން ފޮނުވާ ފަރާތަކަށް 35،000 އެމެރިކާ ޑޮލަރު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިނާމު ލިބޭ ފަރާތެއް ކަނޑައެޅުން އޮތީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!