ދުނިޔެ

ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާ ފަރާތްތައް ކަރަންޓީންވާން ނުޖެހޭ އުސޫލެއް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ބީބީސީ - ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިނުގެ ދެ ޑޯޒް ޖަހާ ފަރާތްތައް ކަރަންޓީން ވާން ނުޖެހޭ އުސޫލެއް، އެމެރިކާގެ ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް ހަދައިފިއެވެ.

Ads by Sosun Fihaara

ސީޑީސީން އިއްޔެ ހެދި މި އުސޫލުގައި ބުނެފައިވަނީ، ވެކްސިނުގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތައް، ކޮވިޑް-19 ޖެހިފައިވާ ފަރާތްތަކާ ކޮންޓެކްޓް ވުމުން، 14 ދުވަހަށް ކަރަންޓީންވާން ޖެހޭ ޖެހުން އުނިކޮށްފައިވާ ކަމަށެވެ. ނަމަވެސް ކޮވިޑް-19 އަލާމާތްތައް ފެންނަ ނަމަ ކަރަންޓީން ފުރިހަމަ ކުރަން ޖެހޭ ކަމަށް ސީޑީސީން ބުނެފައިވެއެވެ.

"ސިއްޙީ ޚިދުމަތްތެރިންނާއި ޕަބްލިކް މަސައްކަތް ކުރާ ފަރާތްތައް ވަރަށް ގިނަ ފަހަރަށް ޑައިރެކްޓް ކޮންޓެކްވެ، ކަރަންޓީން ވާން ޖެހޭ. މިމުއްދަތުގައި ގިނަ އުނދަގޫ ތަކާ ކުރިމަތިވޭ. މިހެންކަމުން ވެކްސިން ޖަހާފައިވާ ފަރާތެއްވާނަމަ ކަރަންޓީން ވާން ނުޖެހޭ އުސޫލެއް މިވަނީ ހަދާފައި." ސީޑީސީން އާއްމު ކުރި ބަޔާނެއްގައި ބުނެފައިވެއެވެ.

ކަރަންޓީން އުވާލި ނަމަވެސް، ވެކްސިން ޖަހާ ފަރާތްތަކުން ވެސް މާސްކް އެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށް ސިޑީސީން އެދެއެވެ. ސީޑީސީން ބުނެފައިވަނީ ވެކްސިނުން ރައްކާތެރި ކޮށްދެނީ ކިހާ މިންވަރަކަށް ކަމާއި ކިތައް ދުވަހަށް ކަމަށް އަދި ޔަޤީން ކަމާއެކު ބުނަން ނޭނގޭތީ، ވެކްސިން ޖެހި ނަމަވެސް ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އިރުޝާދުދޭ ކަމަށެވެ.

އަދި ކަރަންޓީންވާން ނުޖެހެނީ ފާއިތުވި 3 މަސް ދުވަހުގެ ތެރޭގައި ވެކްސިން ޖެހި މީހުން ކަމަށާއި ވެކްސިން ޖެހިތާ 3 މަހަށް ވުރެ ގިނަ ދުވަސް ވެފައިވާނަމަ ކަރަންޓީން ވާން ޖެހޭނެ ކަމަށް ވެސް ސީޑީސީން ބުނެއެވެ.

އެމެރިކާގައި ވެކްސިން ދިނުމުގެ ހަރަކާތް ވަރަށް ބާރަށް ކުރިޔަށްދާއިރު،އެ ގައުމުގައި ޖަހަމުން އަންނަނީ މޮޑާނާ އަދި ފައިޒާ ވެކްސިނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!