ޚަބަރު

ކޮވިޑް-19: ލ. އަތޮޅު ފެސިލިޓީއަށް ބޭނުންވާ ބައެއް ސާމާނު ފޮނުވައިފި

ކޮވިޑް-19 އަށް ފައްސިވާ މީހުންނަށް ފަރުވާ ދިނުމަށް ލ. އަތޮޅު ގަން ރީޖަނަލް ހޮސްޕިޓަލުގައި ހަދާ ކޮވިޑް ފެސިލިޓީއަށް ބޭނުންވާ ބައެެެއް ސާމާނު ހެލްތު މިނިސްޓްރީން އެހޮސްޕިޓަލަށް ފޮނުވައިފިއެވެ.

ކޮވިޑް ފެސިލިޓީއަށް ބޭނުންވާ ސާމާނުގެ އިތުރުން އެމިނިސްޓްރީން ވަނީ އެހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކުރަން ބޭނުންވާ ބައެެއް ސާމާނު ވެސްް ފޮނުވާފައެވެ.

އެތަކެތީގެ ތެރޭގައި ޑެންޓަލް ލެބަށް ބޭނުންވާ ޑިޖިޓަލް އެކްސްރޭ އާއި ކަށީގެ ފަރުވާ އާއި ލޮލުގެ ފަރުވާ އަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި ލެޕެރޮސްކޮޕީ ސެޓު އަދި ކުޑަކުދިންނަށް ހާއްސަ ވެންޓިލޭޓަރު ވެސް ހިމެނެއެވެ.

މ.ފ.ދ. ތ އަދި ލ އަތޮޅުގެ މައި ހޮސްޕިޓަލު ކަމުގައިވާ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ގާއިމް ކުރެވޭ ކޮވިޑް ފެސިލިޓީއަކީ، މިފަސް އަތޮޅުގެ ރީޖަނަލް ކޮވިޑް ފެސިލިޓީ ވެސްމެއެވެ.

ހެލްތު މިނިސްޓްރީން ވަނީ ލ. ގަމު ހޮސްޕިޓަލުގައި ގާއިމްކުރާ ރީޖަނަލް ކޯވިޑް ފެސިލިޓީއަށް ބޭނުންވާ ގިނަ މެޝިނަރީ އާއި އިކުއިޕްމަންޓް ވެސް ފޮނުވާފައެވެ. އޭގެ ތެރޭގައި ތަނަށް ބޭނުންވާ އެހެން މެޝިނެރިގެ އިތުރުންް ވެންޓިލޭޓަރު ވެސްް ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!