ކުޅިވަރު

ފާޑުކިޔުންތަކާއެކު ފިލްމުފެއާރ ބޯޑުން ކަރަން ޖޯހަރު އިސްތިއުފާ ދީފި

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑްގެ ތަރިންނާއިމެދު ތަފާތުކުރުންތަށް ގެންގުޅޭ ކަމަށާއި އާދައިގެ އާއިލާއަކުން ދާއިރާއަށް ނިކުންނަ ބާކީ ކޮށްލާކަމުގެ ތުހުމަތުތަކަކާއި ފާޑުކިޔުންތަކުގެ ސަބަބުން ކަރަން ޖޯހަރް މުމްބައި އެކެޑެމީ އޮފް މޫވިންގ އިމޭޖް (އެމްއޭއެމްއައި) ފިލްމްފެއާރ ބޯޑުން އިސްތިއުފާ ދީފިއެވެ.

Ads by STELCO

މަޝްހޫރު އެތައް ފިލްމެއް އުފައްދާފައިވާ ކަރަން ޖޯހަރް ގެ މައްޗަށް އެންމެ ފުރަތަމަ އެފަދަ ތުހުމަތުތަކެއް ކޮށްފައިވަނީ ބޮލީވުޑް އެކްޓްރެެސް ކަންގްނާ ރަނާވަތު އެވެ. އެއިރު ގިނަ މީހުން ކަންގްނާ ދެއްކި ވާހަކަތަށް ދޮގުކުރި ނަމަވެސް، އެކްޓާރ ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާއެކު ގިނަ ބައެއްގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވީ ކަރަން ޖޯހަރް އަށާއި ސަލްމާން ޚާންގެ އިތުރުން އާލިއާ ބަޓް އަށާއި ސޯނަމް ކަޕޫރް އަހޫޖާ އަށެވެެ.

ކަރަން ޖޯހަރް އަށާއި ސަލްމާން ޚާން އަށް ފާޑުކިޔުންތަށް އަމާޒުވީ، ކަރަންގެ ދަރްމާ ޕްރޮޑަކްޝަންސް އާއި ޔަޝްރާޖް ފިލްމްސުން ސުޝާންތު ބޭން ކުރީމައެވެ. އަދި ސަލްމާން ޚާން ފިލްމްސުން ވެސް ބޭން ކުރީމައެވެ. އާލިއާ އާއި ސޯނަމް އަށް ފާޑުކިޔުން އަމާޒުވެފައިވަނީ ކަރަން ޖޯހަރްގެ "ކޮފީ ވިތު ކަރަން" ޝޯވ އަށް އެއްފަހަރު އަރާ، ސުޝާންތު އާއި ބެހޭގޮތުން ސުވާލު ކުރުމުން އެއީ ކާކުކަން ނުދަންނަ ކަމަށް ބުނެފައިވާ ވީޑިއޯތަކެއް ފެންމަތިވުމުންނެވެ.

ފިލްމްފެއާރ ބޯޑުން ކަރަން އިސްތިއުފާ ދީފިކަން އޭނާ އަންގާފައިވަނީ އެމްއޭއެމްއައި ގެ ޑިރެކްޓަރ ސްމްރިތީ އިރާނީ އަށް ފޮނުވި އީމެއިލަކުންނެވެ.

ހަމައެކަނި ބޮޑެތި ތަރިންގެ ދަރިން ޕްރޮމޯޓު ކުރާކަމުގެ ތުހުމަތުގައި ގިނަ ބަޔަކު އަންނަނީ އިންސްޓަގްރާމްގައި ކަރަން އަންފޮލޯ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 500،000 އަށްވުރެ ގިނަ މީހުން ވަނީ މިހާރު އޭނާ އަންފޮލޯ ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!