ޚަބަރު

މާލޭގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން މަނާކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި 10 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން ހުއްޓާލުމަށް އެޗްޕީއޭއިން އަންގައިފިއެވެ.

Ads by MWSC

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ އެޗްޕީއޭއިން މިއަދު ކުރި އަމުރެއްގައި ބުނީ ޤާނޫނުގެ 34 ވަނަ މާއްދާގެ (ރ) އާއި، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން، 2021 ފެބުރުވަރީ 13 ވަނަ ދުވަހުން ފެށިގެން، ވަކިގޮތެއް އަންގަންދެން، މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ގުޅީފަޅާއި، ތިލަފުށްޓާއި، ހުޅުލެ) ގައި އެއްފަހަރާ 10 (ދިހައެއް) މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓައިލުމަށް އަންގާކަމަށެވެ.

އަދި މި އެންގުން ތަންފީޒު ކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަންފީޒު ކުރަމުން ގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުން އަންނާތީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އަންނަނީ ވަރުގަދަ ކުރަމުންނެވެ. އެގޮތުން މިއަދުން ފެށިގެން، އިރުއޮއްސި 6 އިން ހެނދުނު 6 އަށް މާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުން ވެސް ވަނީ މަނާ ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!