ޚަބަރު

މާލޭ މޭޔަރު ކަމަށް ރުކުމާގެ ތާއީދު ޑރ. މުޢިއްޒަށް

އާއިޝަތު އަލީނާ ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒަށް ، ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބުދުލްކަރީމް (ރުކުމާ) ތާއީދު އޮތް ކަމަށް އޭނާ ހާމަ ކޮށްފިއެވެ.

Ads by STELCO

އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ހޮވިވަޑައިގެންނެވި ރުކުމާ ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު އިދިކޮޅުން ބޭއްވި މުޒާހަރާގައި މުއިއްޒު ބައިވެރިވެ ވަޑައިގަތުމަކީ މާލޭ ރައްޔިތުން އެކަނި ދޫކޮށް ނުލައްވާނެ ކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.

“ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކަށް ކުރިން ދީފައިވާ ޕޮއިންޓް މަގުބޫލު އުޒުރެއް ނުދެއްކި މަދުކޮށްފައި ވާތީ އެކަމާ ހިތްހަމަ ނުޖެހޭ ފަރާތްތައް ކުރި އިހްތިޖާޖުގައޮ މާލޭ މޭޔަރު ކެނޑިޑޭޓް މުހައްމަދު މުޢިއްޒު ބައިވެރިވުމަކީ މާލޭ ރައްޔިތުން އެކަނި ދޫނުކޮށްލާނއ ކަމުގެ އަލިގަދަ ހެއްކެއް، މާލޭ ސިޓީގެ މޭޔަރު ކަމަށް ކެނޑިޑޭޓް ނަމްބަރު 1 (މުހައްމަދު މުއިއްޒު) އަށް ވޯޓް ދެއްވާ” ރުކުމާ ވިދާޅުވިއެވެ.

ޑރ. މުއިއްޒުގެ ކެމްޕޭން މިދިޔަ ހަފްތާގައި ވަނީ އިފްތިތާހު ކޮށްފައެވެ. އެކަމަށް ޓަކައި ބޭއްވި ހަފްލާއެއްގައި މުއިއްޒު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފޭސްގައި މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ދެވޭނެ ބިން އެބައޮތް ކަމަށާއި މި ސަރުކާރުން އެކަން ނުކޮށްގެން އުޅޭ ސަބަބު ސަރުކާރުން ސާފު ކޮށްދެއްވަން ޖެހޭނެ ކަމަށެވެ. އަދި ގުޅީފަޅަކީ ޕޯޓް ހެދުމުގެ ބަދަލުގައި ބޯ ހިޔާވަހި ކަމަށް ޚާއްޞަ ރަށެއްގެ ގޮތުގައި ކަނޑައަޅަން ޖެހޭ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް ކުރީ ސަރުކާރުން ތިލަފުށީގައި އެޅުމަށް ނިންމެވި ވިޔަފާރި ބަނދަރު އެޅުމަށް މި ސަރުކާރުން ނިންމަވާފައި ވަނީ ގުޅީފަޅުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!