ރިޕޯޓް

ގެއަށް އައި އިރު ހެދުން ހުރީ ވީދިފަ، ގައިގެ އެތަން މިތަނުގަ ރިއްސާ: ސަފާރީގައި ރޭޕްވި ކުއްޖާ

ދެން އެމްވީ ، ދެން އޮންލައިން

މިއީ މީގެ ދުވަސްތަކެއް ކުރިން ސަފާރިއެއްގައި ހިނގި ރޭޕް ހާާދިސާއެވެ. ކެންޔާއަށް އުފަން އެފަރަންޖީ ކުއްޖާ ރާައްޖެ އައީ ނުހަނު ފުން އުންމީދުތަކަކާއެކުގައެވެ. ޓޫރިޒަމް އަދި އޭވިއޭޝަންގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލު ކޮށްފައިވާ އެއަންހެންމީހާ އަށް ރާއްޖޭގެ ރިސޯޓެއްގައި ރަނގަޅު މުސާރައަކާއެކު އޭނާ ހުވަފެނަކުން ވެސް ނުދެކޭފަދަ ރަނގަޅު ވަޒީފާއެއް ލިބުނެވެ.

Ads by MWSC

ނަމަވެސް ދިރިއުޅުމަށް ދެން އަންނަން ފެށީ އެކަމަކަށް އޭނާ ކުރިން ތައްޔާރުވެފައިނުވާ ބަދަލުތަކެކެވެ. ކޮވިޑް-19 ފެތުރުމާއި ގުޅިގެން، އޭނާއަށް ވަޒީފާ ލިބުނު ރިސޯޓު ބަންދު ކުރީ އެވެ. އެހެން ނަމަވެސް އޭނާ ހިތްވަރު ދޫކޮށެއް ނުލައެވެ. މާލޭގެ ކުންފުންޏަކުން ވަޒީފާ ހޯދައިގެން އެތަނުގައި ވަޒީފާ އަދާކުރަމުން ދިޔައެވެ.

މީސް މީޑިއާގައި މިއަންހެން މީހާއަކީ ހަށިވިއްކަމުންދާ ކުއްޖެއްކަމަށް ބުނަމުން ވެސް ވާހަކަ ފެތުރިފައިވެއެވެ. ނަމަވެސް އޭނާ ދަންނަ މީހުން އެކަމަށް އިންކާރު ކުރެއެވެ.

އެކުއްޖާއަކީ މިހާރު ރާއްޖޭގެ ބައެއް މީހުންހެން ލަވަޔާއި މިޔުޒިކާއި ޕާޓީ ކުރުމަށް ޝައުޤުވެރިކަން ހުރި މީހެކެވެ. އޭނާއަކީ ފަރަންްޖީއެއް ކަމުން ބަނގުރާވެސް ބޮއެއެވެ.

މިފަދަ ކަންކަމަކީ އިސްލާމްދީނުގައި ހަރާމް ކަންކަމެވެ. ނަމަވެސް މިއީ ދިވެހިންނަށް ހަމަ އައު ކަމެއް ހެއްޔެވެ؟ ދީނުގައި އެންގެވި ގޮތަށް އުޅެން ޖެހޭއިރުވެސް، ހުރިހާ ދިވެހީން އުޅެނީ އެގޮތްގޮތަށް ބޯލަނބައިގެން ހެއްޔެވެ؟

އެނގިފައިވާ ގޮތުގައި މިހާދިސާގައި ވެސް އަންހެން މީހާ ސަފާރީއަކަށް "ޕާޓީ ކުރަން" ދިޔައީ ވެސް ދިވެހންތަކެއްގެ ދައުވަތަކަށް އިތުރު އެކުވެރިއެއް ވެސް ގޮވައިގެނެވެ. ޕާޓީގެ ވަގުތު ކަމަށް ހަމަޖައްސާފައިވަނީ އެރޭ 22:00 ން ދަންވަރު 1:00 އާއި ހަމައަށެވެ. ޕާޓީގައި ނަށާ، މަޖާކޮށް، ޖަހާނެހާ ސަކަރާތެއް ޖަހާ ނިމުމަށްފަހު އެެކެއް ޖެހުމުން ޕާޓީ ނިންމާލިއެވެ.

ޑިންގީގައި ދެވެނީ ފަހަރަކު ތިން މީހުންނަށެވެ. އެއަންހެން މީހާއާއެކު ދިޔަ އެކުވެރިޔާ ފުރަތަމަ ބުރުގައި ފޮނުވާލިއެވެ. އެބުރުގައި އޭނާއަށް ނުދެވުނީ "ޔޫ އާ ވެރީ ފެޓް" އޭބުނެ އޭނާއަށް ޖާގައެއް ނެތޭ ބުނުމުން ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ފަރަންޖީ އަންހެން ކުއްޖާ ހުރީ ޑިންގީ އެނބުރި އަންނަންދެނެވެ. ނަމަވެސް ޑިންގީގެ އިންތިޒާރުގައި ހުއްޓާ ދެ ފިރިހެނަކު މަސްތުވެގެން ހުރެ އައިސް އޭނާގެ ގައިގެ އެތަން މިތަނުގައި އަތްލާ، ނަށަން އުޅުނެވެ. އެކަމަށް ދެކޮޅު ހެދުމުން އެމީހުންނަކީ އެސަފާރީގެ އޯނަރުން ކަމަށާއި ސިޔާސީ ގޮތުން ވެސް ވަރަށް ނުފޫޒުގަދަ ބައެއް ކަމުގައި ބުނި ކަމަށް ވެސް ވެއެވެ.

އެމީހުންގެ ކައިރިން ދުރަށް ގޮސް ސަފާރީގެ ޑެކް މަތީގައި ހުރި ސަންބެޑް މަތީގައި އަންހެން ކުއްޖާ އިށީނެވެ. ނަމަވެސް އެދެފިރިހެނުންވެ ދުއްތުރާތަށް އެހިސާބުން ނިމުނީކީ ނޫނެވެ. އެމީހުންނާއިއެކު "ތްރީސަމް" ހަދާދޭނީ ކިހާވަރަކަށްތޯ ސުވާލު ކުރި ކަމަށާއި އޭނާއަކީ ހަށިވިއްކާ މީހެއް ނޫން ކަމަށް ބުންޏެވެ.

އެހިސާބުން އެމީހުންގެ ތެރެއިން ބާރުގަދަކޮށް ހުރި މީހާ އަންހެން ފަހަތުން އަންހެން މީހާގެ ކަރުގައި ހިފަހައްޓައިގެން ހުއްޓެވެ. ނޭވާ ނުލެވިގެން ތެޅެން ފެށުމުން ކުޑަކޮށް ދޫކޮށްލާފައި އަނެއްކާވެސް ބާރުކުރެއެވެ. އަދި ދެން ހުރި މީހާ އޭނާގެ ހެދުން ވީދާލާ އެއްޗެއްހި ބޭލުވި ކަމަށް ބުންޏެވެ. އަދި ގަދަކަމުން އެއަންހެން މީހާގެ ޖިންސީ ގުނަވަންތަކުގައި އަތްލާ، އަންހެން މީހާއާއެކު ގަދަބާރުން ޖިންސީ ގުޅުން ހިންގިއެވެ.

އެއަނިޔާވެރި ފިރިހެންމީހާގެ އެދުން ފުދުމުން އޭނާ ތެދުވެ، ކަރުގައި ހިފަހައްޓައިގެން ހުރި މީހާއަށް ފުރުސަތު ދިނުމުގެ ގޮތުން އޭނާ ގޮސް ކަރުގައި ހިފަހައްޓަން އުޅުނެވެ. ނަމަވެސް ލިބުނު ފުރުސަތުގެ ބޭނުންހިފާ، ރޭޕް ވުމަށްވުރެ މަރުވުން ވެސް ރަނގަޅު ކަމަށް ދެކި، އަންހެން މީހާގޮސް މޫދަށް ފުންމާލިއެވެ.

ކިޔާމީހަކަށް ހީވާނީ މިހިސާބުން އެމީހުންގެ އނަިޔާވެރިކަމުން އަންހެން މީހާއަށް ސަލާމަތްވެވުނީ ކަމަށެވެ. ނަމަވެސް އެހެނެއް ނޫނެވެ. ކަނޑުގެ ކަނު އަނދިރީގައި ފަތަމުން، ހުޅުމާލޭ ފާލަން ހޯދަން މަސައްކަތް ކުރަމުން ދަނިކޮށް ޑިންގީއެއްގައި އެއްކަލަ ދެ ވަހުޝީ ފިރިހެނުން ދިޔައެވެ. އަދި އެމީހުން އުޅެނީ ފާލަން ދައްކަން ކަމަށާއި، ގެއަށް ގެންދަން ކަމަށް ވެސް ބުނެ ސޮރީ ބުންޏެވެ. ޑިންގީއަށް އަރަން ދެކޮޅު ހެދުމުން ޑިންގީގެ ވައުގަނޑުން މަޅިއެއް ހަދާ އަންހެން މީހާގެ ފައިގާ އޮޅާފައި ޑިންގީއަށް އަރުވާ، ފާލަމާއި ދިމާލަށް ގެންދަން ފެށިއެވެ.

ނަމަވެސް ފާލަމާއި ވަރަށް ކައިރިވުމުން "ވަން މޯ ކިސް" އޭ ކިޔާފައި އަނެއްކާވެސް އެމީހުން އަންހެން މީހާގެ ގައިގާ އޮޅުލައިގަތެވެ. ޑިންގީ ދުއްވަން އިނީ އަންހެން މީހާ ރޭޕް ކުރި މީހާއެވެ. އެމީހުންގެ ކިބައިން ސަލާމަތްވެވޭތޯ އަންހެން މީހާ ހަޅޭލަވަން ފެށުމުން އެތަނަށް ދެ ފުލުހުން ދިޔުމުން، އެމީހުން އަންހެން މީހާ ރޭޕް ކުރަނީ ކަމަށް ބުންޏެވެ. އަދި ފުލުހުން އެދެމީހުން ހައްޔަރު ކުރުމުން ފުލުހުންނާއި ދިމާލަށް ހަޑިހުތުރު އެއްޗެހި ވެސް ކިއެވެ.

ފުލުހުން އެންމެ ފުރަތަމަ އެއަންހެން މިހާއަށް ވަރަށް ރަނގަޅެވެ. ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ގެންގޮސް، އެމައްސަލަ ލޮގް ކުރެވޭނެ ކަމަށާއި ރޭޕް ސާމްޕަލް ނެގުމަށް ކިޓެއް ދޭނެ ކަމަށް ވެސް ބުންޏެވެ. އަދި އޭނާއަށް އިންސާފު ދޭނެ ކަމަށް ބުނިކަމަށް ވެސް ވެއެވެ. ނަމަވެސް އިންޗާޖަށް އައި ފޯނުކޯލަކަށްފަހު ރާގު ބަދަލުވި ކަމަށް ރޭޕްވި އަންހެން މީހާ ބުނެފައިވެއެވެ. އެމީހުން ބޭނުންވީ އެއަންހެންމީހާ ގެއަށް ފޮނުވާލަން ކަމަށް ވެސް ބުންޏެވެ.

ޜޭޕް ކިޓް އަދި ސާމްޕަލް ނުނަގަންތޯއާއި ހޮސްޕިޓަލަށް ނުގެންދޭތޯ އަންހެންމީހާ އެހުމުން ފަހުން ސާމްޕަލް ނަގާނެ ކަމަށާ މިހާރު ރަންގަޅުވާނީ ގެއަށް ދިޔުން ކަމަށް ފުލުހުން ބުނިކަމަށް އޭނާ ބުންޏެވެ. އަދި ރޭޕް ކުރި ދެމީހުންނަކީ މިގައުމުގެ ސަރުކާރުގައި ވަރަށް ބާރު ގަދަ ”ރޯޔަލް ފެމިލީ“ ބައެއްކަމަށާއި އަދި އެއިގެ ތެރެއިން އެކަކީ ޕްރެޒިޑެންޓްގެ ރިލޭޓިވްއެއް ކަމަށާއި، ޕޮލިސް ހެޑް އޮފީހުން އެމީހުން ދޫކޮށްލާށާއި އަދި ރޭޕް ވިކްޓިމް ގެއަށް ފޮނުވާލަން އެތައް ކޯލެއް އައިސްފިކަމަށާއި ސީދާ ވަރަށް މަތިން ފޯންކޯލް އައިކަމަށް ފުލުސް މީހާ ވަރަށް ސިއްރުން ބުނިކަމަށް ވެސް އޭނާ ބުނެފައިވެއެވެ. މުޅި ހުޅުމާލޭ ފުލުސް ސްޓޭޝަންގެ ފުލުހުން ވަނީ މިކަމާ ވަރަށް ހިތްހަމަ ނުޖެހިފަ ކަމަށާއި ރޭޕް ކޭސް އެއްގައި މިގޮތަށް ކްރައިމް ސީނުން ހައްޔަރުކުރާ ރޭޕިސްޓުން ދޫކޮށްލާ މީ ފުރަތަމަ ފަހަރުކަމަށް ފުލުސް މީހާ ބުނި ކަމަށް ވެސް އޭނާ ބުުންޏެވެ.

ކޮންމެހެނަކަސް އޭނާ ގެއަށް ދިޔައެވެ. ގެއަށް ދެވުނު އިރު މުޅި މީޙާގެ ގައިގާ ނުރިއްސާ އެންެމެ ތަންކޮޅެއް ވެސް ނެތެވެ. ހެދުން ހުރީ ވީދިފައެވެ. އަދި ކުޑަކަމުދިޔައިރު ވަރަށް ބައިވަރު ލޭ އައިކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މިރިޕޯޓަށް މައުލޫމާތު ނަގާފައި މިވަނީ "މެންދުރު އޮންލައިން" ގައި ޝާއިއު ކޮށްފައިވާ ރިޕޯޓަކުންނެވެ. އިރާދަކުރެއްވިއްޔާ "ދެން" އިން މިކަމާއި ގުޅޭގޮތުން އިތުރު ތަފްސީލު ކުރިއަށް އޮތްތާގައި ވެސް ގެނެސްދޭނަމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!