ސަފާރީގައި ރޭޕްކުރި މައްސަލަ މަޖިލީހުގެ ކޮމިޓީގައި އެޖެންޑާކޮށްފި
ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލަ ބަލައި ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފި އެވެ.
އެ ކޮމިޓީގައި އިންނަވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލަ އެޖެންޑާކޮށްފައި ވަނީ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދެވެ. ނަމަވެސް މާދަމާގެ ކޮމިޓީ ބައްދަލުވުމުގައި ރިޔާސަތުގައި އިންނަވާނީ ނައިބު މުގައްރިރު، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކަމަށް ރިޒައިނާ ވިދާޅުވި އެވެ.
I applaud MP @JeehanJMS for putting the Hulhumale’ Rape case on the agenda for tomorrow’s Human Rights Committee meeting. Deputy chair MP @FitteyZ will be chairing the committee. We will look into the matter thoroughly.