މުނިފޫހިފިލުވުން

ވޮންޑަ ވުމަން ފަދަ ރޯލެއް ކުޅެން ވަރަށް ބޭނުން: ހީނާ

ދެން އެމްވީ ، ދެން އޮންލައިން

ވޮންޑަ ވުމަން ފަދަ ސުޕަރ ހީރޯއެއްގެ ރޯލު ކުޅެން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ޔޭ ރިޝްތާ ކިޔާ ކެެހެލާތާހޭ އިން މަޝްހޫރު ވެގެންދިޔަ ފަންނާނެއްކަމަށްވާ ހީނާ ޚާން ބުނެފައިވެއެވެ.

Ads by Sosun Fihaara

ހީނާ މިހެން ބުނެފައިވަނީ އޭނާގެ ކުރިއަށް އޮތް ފިލްމުކަމުގައިވާ އަންލޮކް ގެ މައުލޫމާތު ދިނުމަށް އިންޑިއަން އެކްސްޕްރެސް އަށް ދިން އިންޓަވިއުއެއްގައެވެ.

އެގޮތުން ހީނާ ގެ ތިން އެދުމެއް ބުނެދިނުމަށް އެދި ސުވާލުކުރުމުން ހީނާ ވަނީ ތިން ކަމެއް ފާހަގަކޮށްފައެވެ. އެގޮތުން ފުރަތަމަ ކަމަކަށް ހީނާ ބުނެފައިވަނީ އެންމެ ފުރަތަމަ އެދުމަކީ އޭނާ އަބަދުވެސް އުފަލުގައި ހުރުން ކަމަށެވެ. އަދި އުފަލުގައި ހުންނަ މީހެއްގެ އަތުގައި ހުރިހާ އެއްޗެއް ވާ ކަމަށް ގަބޫލުކުރާ ކަމުގައި ވެސް ހީނާ ބުނެފައިވެއެވެ.

ދެވަނަ ކަމަކަށް ހީނާ ބުނެފައިވަނީ މި ބަލިމަޑުކަމުން ދުނިޔެ އަރައިގަތުމެވެ. ހީނާ ވަނީ މި ބަލިމަޑުކަމުގެ ސަބަބުން ކާނެ އެއްޗެއް ގަންނާނެ ހާ ލާރިނެތް މީހުންވެސް އެބަތިބިކަން ފާހަގަކޮށްފައެވެ. އަދި މި ބަލިމަޑުކަމުން އަރއިގަނެ އާންމު ދިރިއުޅުމަށް ރުޖޫއަވެ، އެންމެނަށް އަލުން ވަޒީފާ ލިބިގެން ދިއުމަކީ އޭނާގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ހީނާ ބުނެފައިވެއެވެ.

ސުޕަހީރޯ އެއްގެ ރޯލު ކުޅެން ބޭނުންވާ ކަމަށް ހީނާ ބުނެފައިވަނީ އޭނާގެ ތިން ވަނަ އެދުމުގެ ގޮތުގައެވެ. ހީނާ ބުނީ އެފަދަ ރޯލެއް ވަރަށް ކުޅޭ ހިތްވާ ކަމަށާއި ލިބުމަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ.

ޓީވީ ސީރީސް ތަކުން ފެނިގެން އައި ހީނާ ބޮލީވުޑަށް ތައާރަފް ވެފައިވަނީ ހެކްޑު ފިލްމުންނެވެ. ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންލޮކް އިންނެވެ. މި ފިލްމުގެ ޑަބިން ގެ މަސައްކަތް މިހާރުވަނީ ނިިމިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!