މުނިފޫހިފިލުވުން

ސަލްމާން ގެ މި ފޮޓޯ ފެނި، އަންހެން ކުދިން މޮޔަވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އުމުރުން 54 އަހަރުގެ ވެސް ސަލްމާން ޚާން އަކީ އަންހެން ކުދިންގެ ހިތްކަތިލަމުން އަންނަ ބޮލީވުޑްގެ ތަރިއެކެވެ.

Ads by MWSC

ލޮކްޑައުން އަށް ފަހު ސަލްމާން ޖިމް ގައި ނަގާފައިވާ ފޮޓޯތަކުން އަނެއްކާ ވެސް މި ވަނީ އަންހެން ކުދިންގެ ހިތްތަކާ ކުޅެލާފައެވެ. މި ފޮޓޯތަކުގައި ސަލްމާން ޓީޝާޓް ނުލާ އޭނާގެ ރީތި ހަށިގަނޑު ދައްކާލާފައިވާއިރު ޖިމްގައި އެތައް ދުވަހެއް ވަންދެން ކުރި ބުރަ މަސައްކަތް ހާމަވާން ހުއްޓެވެ.

ކަސްރަތުކޮށް ނިމުނުތާ ހެން ނަގާފައިވާ މި ފޮޓޯ ހިއްސާކޮށްފައިވަނީ ސަލްމާން ގެ އިންސްޓަގްރާމްގައެވެ.

ސަލްމާން ގެ ޚާން ގެ މި ފޮޓޯތަކަށް ތައުޜީފު ގެ ބަސްތައް އޮހުނު ކަމުގައިވިޔަސް ސުޝާންތުގެ މަރުގެ ރުޅި ވަނީ ސަލްމާން ގެ މި ފޮޓޯއަށް ވެސް ބައެއް މީހުން ބާލާފައެވެ. އެގޮތުން ސުޝާންތާއި ޖިއާ ޚާންގެ މަރާއި ގުޅުވައިގެން ގިނަ ބަޔަކު ވަނީ ކޮމެންޓުކޮށްފައެވެ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!