ގިނަ އަދަދެއްގެ ޑްރަގާއެކު ހައްޔަރުކުރި މީހުންގެ ތެރޭގައި ޕެސްޓު

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 2.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ އިންޓަލިޖެންސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގައި 2.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ ހޯދާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ރެޕް ލަވަ ކިޔުންތެރިޔާ އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓު) ހިމެނެއެވެ.
މަސްތުވާތަކެތީގެ މައްސަލަތައް މިހާރު އަނެއްކާ ވެސް ދަނީ އާންމު ވަމުންނެވެ. މިއަދުވެސް ވަނީ ގިނަ އަދަދެއްގެ ބަނގުރާ ދަޅުތަކަކާއެކު ދިވެހި ފަސް ފިރިހެނުން ހައްޔަރު ކޮށްފައެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގިނަ އަދަދަކަށް މަސްތުވާތަކެތި ބޭނުންކުރަމުން ދާ މީހުންނާއި، ތަންތަން ބަލައި ފާސް ކުރަމުން ދެއެވެ.