ކަރާޗީގެ ސްޓޮކް އެކްސްޗޭންޖް ހިނގާ އިމާރާތަށް ހަތިޔާރު އެޅިބަޔަކު ވަދެ 4 މީހުން މަރާލައިފި
ޕާކިސްތާނުގެ ކަރާޗީގައި ސްޓޮކް އެކްސްޗޭންޖް ގެ ވިޔަފާރި ހިނގާ ޢިމާރާތެއްގެ ތެރެއަށް ހަތިޔާރު އެޅި ބަޔަކު ވަދެ ބަޑިން ހަމަލާދީ 4 މީހަކު މަރާލައިފިއެވެ.
ޕާކިސްތާނުގެ އޮފިޝަލަކު ހާމަ ކުރި ގޮތުގައި އެމީހުންވަނީ ބަޑީގެ އިތުރުން އަތު ބޮމުން ވެސް ހަމަލާ ދީފައެވެ. ހައި ސެކިއުރިޓީ ޒޯނެއްގައި ހުންނަ މި ޢިމާރާތުގައި ގިނައިން ހުރީ އަމިއްލަ ބޭންކްތަކުގެ ހެޑް އޮފީސްތަކެވެ.
ރެސްކިއު އެމްބިއުލަންސް ގެ ފަރާތުން ވާހަކަ ދެއްކި ފައިޞަލް އެހްދީ ހާމަ ކުރި ގޮތުގައި މަރުވި މީހުންގެ ތެރެއިން 2 މީހަކީ މައި ދޮރާށި ކާރިން މަރާލި ދެމީހުން ކަމަށާއި، އިތުރު ދެމީހަކަށް ޒަޚަމްތަކެއް ލިބުމުން ސަލާމާތްވާން އެތެރެއަށް ދިޔުމުން އެދެމީހުން މަރާލީ އިމާރާތުގެ އެތެރޭގައެވެ.
ކަރާޗީގެ ވިޔަފާރި ކާރުބާރު ބޮޑު ހިސާބެއްގައި ހިނގި މިހާދިސާއާއި ބެހޭގޮތުން މިހާތަނަށް އެނގުނު ހަމަ އެކަނި މައުލޫމާތަކީ އެމީހުން އައީ އަޅި ކުލައިގެ ކޮރޮލާ ކާރެއްގައި ކަމެވެ. ހަމަލާ ދިނުމާ އެކު އިމާރާތުގެ ފަހަތުގައިވާ ދޮރާށިންގެ ވަނީ އިމާރާތުގައި މަސައްކަތް ކުރާ މީހުން ނެރެ ސަލާމަތް ކޮށްފައެވެ.
މި ޙަމަލާ ކަށަވަރު ކޮށްދިނުމަށް ސްޓޮކް އެކްސްޖޭންގެ ފަރާތުންވެސް ވަނީ ވަނީ ބަޔާނެއް ނެރެފައެވެ. ފުލުހުން މިހާރު އަންނަނީ މި ސަރަހައްދު ބަންދު ކޮށްގެން މި ހަމަލާގެ ތަހުގީގު ފަށާފައެވެ.