ދުނިޔެ

ކޮވިޑް-19 ޖެހޭ މީހުން ގިނަވެ ޕާކިސްތާނުން އަމިއްލައަށް ވެންޓިލޭޓަރު އުފައްދަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ޖެހޭ މީހުނާއި އެބަލީގައި މަރުވާ މީހުންގެ އަދަދު ގިނަވެ، އެކަމަށް ޙައްލެއް ހޯދުމަށް އެގައުމުން އަމިއްލައަށް ވެންޓިލޭޓަރު އުފައްދަން ފަށައިފިއެވެ.

Ads by WAMCO

މިކަން ސަރުކާރުން އިޢުލާންކޮށްފައިވަނީ، ކޮންޓިންޖެންސީ ޕްލޭނެއްގެ ދަށުން 1،500 ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ބުނެފައިވަނިކޮށެވެ.

ޕާކިސްތުން ކޮވިޑް-19 ޖެހިގެން އިތުރު 83 މީހަކު މަރުވުމާއި ގުޅިގެން އެގައުމުގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ފަވާދު ޗައުދަރީ ވަނީ އެގައުމުން ފަރުމާކޮށްފައިވާ ވެންޓިލޭޓަރުތައް އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ. އަދި މި ވެންޓިލޭޓަރުތައް ވަރަށް އަވަހަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓާއި ހަވާލު ކުރެވޭނެކަމަށް ވެސް މިނިސްޓަރު ހާމަ ކުރިއެވެ.

މިވަގުތު ޕާކިސްތާނުގެ ސަރުކާރު ހޮސްޕިޓަލް ތަކުގައި ކޮވިޑް-19 ގެ ބަލި މީހުނަށް ފަރުވާ ދިނުމަށް 1،503 ވެންޓިލޭޓަރު ބޭނުން ކުރެއެވެ. ނަމަވެސް ގިނަ ހޮސްޕިޓަލުތަކެއްގައި އެކަށީގެންވާ ވަރަށް ސިއްޙި އާލާތް ނެތުމުން ބަލި މީހުނަށް ފަރުވާ ނުދެވި އެމީހުން ފޮނުވާލަން ޖެހޭކަމުގެ ޝަކުވާ ސަރުކާރަށް ދަނީ ލިބެމުންނެވެ. ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ހާމަ ކުރި ގޮތުގައި ޕާކިސްތާނަކީ މިހާރު އެންމެ ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުންދާ އެއް ގައުމެވެ.

15 ފެބްރުއަރީގައި އެންމެ ފުރަތަމަ ކޮވިޑް-19 ގެ ކޭސް އެއް ރިޕޯޓް ކުރި ޕާކިސްތާނަކީ މިހާރު އެންމެ ބޮޑަށް މިބަލީ ފެތުރިފައިވާ 15 ގައުމުގެ ތެރެއިން ގައުމެވެ. މިގައުމުން މިހާތަނަށް 206،513 މީހަކަށް މިބަލި ޖެހި 4،167 މީހަކު ވަނީ މަރުވެފައެވެ. މިހާރު ވެސް ކްރިޓިކަލް ކެއަރގައި 2،437 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!