ދުނިޔެ

ދެ އަތާއި ދެ ފައި ނެތުމުގެ ސަބަބުން މިކުއްޖާގެ މައިންބަފައިން އޭނާ ހޮސްޕިޓަލަށް ގެންދަން ބޭނުމެއް ނުވޭ!

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ އަންހެނަކަށް ދެ އަތާއި ދެ ފައިވެސް ނެތް އަންހެން ކުއްޖަކު ލިބިއްޖެއެވެ.

Ads by WAMCO

ރިޕޯޓުތަކުން ބުނާ ގޮތުގައި އުމުރުން 28 އަހަރުގެ އަންހެނަކަށް މިކުއްޖާ ލިބިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގައެވެ.

މިއީ ޓެޓްރާ-އަމީލިއާ އޭ ކިޔުނު ޖެނެޓިކް ޑިސްއޯޑަރ އެއްގެ ސަބަބުން ކުރިމަތިވި ކަމެއް ކަމަށާއި، ތުއްތު ކުއްޖާގެ ދެ އަތާއި ދެ ފައި ނެތް ނަމަވެސް އެކުއްޖާގެ ސިއްޙަތު ވަރަށް ރަނގަޅު ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

އެގޮތުން ރާޖީވް ގާންދީ ސްމްރިތީ ހޮސްޕިޓަލުގެ ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް ކަމުގައިވާ ޑރ. ސުރޭސް އަގަރްވާލް ބުނެފައިވަނީ ތުއްތު ކުއްޖާގެ ސިއްޙަތު ރަނގަޅު ކަމަށާއި ނަމަވެސް ޤަވައިދުން ޗެކަޕް ހަދަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެކުއްޖާ ވިހާފައިވަނީ ގޭގައި ކަމަށާއި، ކުއްޖާގެ މައިންބަައިން އެކުއްޖާ ދުވަހަކު ވެސް ހޮސްޕިޓަލަކަށް ގެންދަން ބޭނުން ނުވާކަމަށް ބުނިކަމަށް ވެސް ޑރ. ސުރޭސް އެކުލަވާލި ރިޕޯޓެއްގައި ބުނެފައިވެއެވެ.

"ކުްއްޖާގެ މައިންބަފައިން އެއް ގޮތަކަށް ވެސް ބޭނުމެއް ނުވޭ އެކުއްޖާ ހޮސްޕިޓަލަކަށް ދުވަހަކު ވެސް ގެންދާކަށް، އަދި ޗެކަޕެއް ހަދާކަށް ވެސް. އެހެންނަމަވެސް އަހަރުމެން އަދިވެސް މިބަލަނީ އެދެމީހުންނަށް ވިސްނާ ދެވޭތޯ. މިއީ އަދި ކޮވިޑް-19 ގެ ދުވަސްވަރު ވުމުން އަހަރުމެން ވެސް އެހާ ބާރެއް ނާޅަން ހޮސްޕިޓަލަށް ގެންދާކަށް. އެހެންވެ ވެކްސިން ދިނުމާއި ޗެކަޕް ހެދުން އެމީހުންގެ ގޭގައި ކުރިއަށް ގެންދެވޭނެ އިންތިޒާމެއް މިހަމަޖައްސާދެނީ. އެކަމަކު ކޮވިޑް ކަންތައް ނިމުމުން ހޮސްޕިޓަލަށް ގެންދިޔުމަށް ވާނީ ނަސޭޙަތްތެރިވެފަ. ކުއްޖާގެ މައިންބަފައިން ބުނެފައިވަނީ އެކުއްޖާ ހޮސްޕިޓަލަށް ގެންދަން ބޭނުން ނުވަނީ މީހުން އެކުއްޖާއާއި ދިމާލަށް ކިޔާފާނެ އެއްޗެއްސާއި ހެދިކަމަށް" ޑރ. ސުރޭސް ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!