ޚަބަރު

އިންތިހާބު ބާއްވަން އޮތް ދުވަހަށް ބަދަލެއް ނުގެންނާނެ: ރައީސް ނަޝީދު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު

ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ތާވަލް ކޮށްފައި އޮތް ތާރީހުގައި އިންތިހާބު ބާއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބަކީ މިހާރު ސްކޫލް ކުދިންނަށް ދޭ ހޯމް ވޯކެކޭ އެއްފަދަ ވެފައިވާ ކަމަށެވެ. އަދި މިހާރު ހޯމް ވޯކް ހަދާނީ ތޯ ނުހަދާނީ ތޯ ވިސްނަމުން އަންނަ ކަމަށެވެ.

"އަޅުގަނޑު ކޮމިޝަނާ އޮފް އިލެކްޝަންސްއަށް ވެސް އަދި ހުރިހާ ހޯމްވޯކް ހަދާ ކުދިންނަށް ވެސް ދަންނަވަން އޮތީ މިހާރު މި އޮތީ ހޯމް ވޯކް ދީފަ. ދެން އެ ނިންމައިގެން އަވަހަށް އަންނާށޭ. އެ ނޫން ގޮތެއް މިއަކު ނެތޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އިންތިހާބު ބާއްވަން ތާވަލް ކުރި ތާރީހުގައި އިންތިހާބު އޮންނާނެ ކަމަށާ އެއަށް ބަދަލެއް ނުގެންނާނެ ކަމަށެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!