ދުނިޔެ

ކޮވިޑް-19: ލަންކާގައި ވައިރަސް އިތުރަށް ނުފެތުރޭ، ކާރފިއު އުވާލައިފި!

ދެން އެމްވީ ، ދެން އޮންލައިން

ކޮލޮމްބޯ: ޝްރީ ލަންކާގައި ކޮވިޑް-19 އިތުރަށް ނުފެތުރޭތާ ދެ މަސް ދުވަސްވަރު ވެއްޖެ ކަމަށް އެޤައުމުގެ ސަރުކާރުން އިއްޔެ އިއުލާނު ކޮށްފިއެވެ.

Ads by Sosun Fihaara

ކޮވިޑް-19 އާއި ގުޅިގެން ލަންކާގައި ފުރަބަންދު އިއުލާނު ކުރީ މާރޗް މަހުގެ 30 ވަނަ ދުވަހުގައެވެ. ނަމަވެސް ބަލި ޖެހުނު މީހުންގެ އަދަދު މަދުވުމުން، ހަމައެކަނި ރޭގަނޑުގެ ވަގުތުތަކުގައި އެކަނި ފުަރަބަންދު ކުރާ ގޮތަށް މިދިޔަ ދެ މަހެއްހާ ދުވަހު ވަނީ ނިންމާފައެވެ. އަދި އިތުރަށް މިބަލި ނުފެތުރުމާއި ގުޅިިގެން އެޤައުމުން އިއްޔެއިން ފެށިގެން މިހާރު ވަނީ ފުރަބަންދު އެއްކޮށް އުވާލާފައެވެ.

ފުރަބަންދު އުވާލުމުގެ ކުރިން މެއި މަހުގެ މެދުތެރޭގައި ލަންކާއިން ވަނީ ވަކި ވަގުތުތަކެއް ވަންދެން އެޤައުމުގެ އޮފީސްތަށް ވެސް ހުޅުވާފައެވެ. އަދި އިތުރަށް ލުއި ދިނުމުގެ ގޮތުން މިމަހުގެ ކުރީކޮޅު އާއްމު ދަތުރުފަތުރު ކުރުން ވެސްް ހުޅުވާލިއެވެ.

"ޖޫން މަހުގެ 28 ވަނަ ދުވަހުން ފެށިގެން ކާރފިއު އެއްކޮަށް އުވާލައިފިން" ޝްރީ ލަންކާ ގެ ރައީސް ގޯޓާބަޔާ ރާޖަޕަކްސާ ގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ލަންކާގެ ސިއްޙީ ރިޕޮޓުތަކަށް ބަލާއިރު، އެންމެ ފަހުން މިބަލި ޖެހިގެން އެޤައުމުން ރިޕޯޓު ކޮށްފައިވަނީ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގައެވެ. އަދި ޖޫން މަހުގެ 1 ން ފެށިގެން މިބަލީގައި ލަންކާއިން އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!