ދުނިޔޭގެ އެންމެ ބޮޑު ސްޓާރޓްއަޕް އީކޯސިސްޓަމް ކޮމްޕެޓިޝަންގެ (ގްލޯބަލް ސްޓާޓަޕް އެވާޑްސް) ސާރކް ސްޓާރޓްއަޕް އެވާރޑްގެ ފައިނަލިސްޓަކަށް ދިވެހި ސްޓާރޓްއަޕެއް ކަމަށް ވާ “ޕޭޔަރ” ހޮވިއްޖެއެވެ. “ސްޓަރޓަޕް އޮފް ދަ ޔިއަރ” އަދި “ބެސްޓް ނިއުކަމަރ” ކެޓަގަރީއިން މި ސްޓަރޓަޕް ވަނީ ޝޯޓްލިސްޓް ކުރެވިފައެވެ.
މި ސްޓަރޓްއަޕް ޝޯރޓްލިސްޓް ވެފައި ވާނީ ސާރކް ގައުމުތަކުން 500 އަށްވުރެ ގިނަ ސްޓަރޓްއަޕްތަކާ ވާދަ ކޮށްގެންނެވެ. އަދި މި ސްޓަރޓަޕަކީ މި އެ ވޯރޑްގައި ދިވެހި ރާއްޖެ ތަމްސީލް ކުރާ ހަމައެކަނި ސްޓަރޓަޕްއެވެ.
މި އެވާރޑްގެ ޝޯޓްލިސްޓް ކުރެވިފައިވާ ފައިނަލިސްޓުންނަށް ވޯޓުލުމުގެ ފުރުސަތު މާރިޗު މަހުގެ 5 ވަނަ ދުވަހާ ހަމައަށް ވަނީ މިހާރު ހުޅުވާލެވިފައެވެ. ޕޭޔަރ އަށް އޮންލައިންކޮށް ވޯޓުލުމަށް: https://fal.cn/3dkpB މި ލިންކަށް ޒިޔާރަތް ކޮށްލައްވާށެވެ.
ޕޭޔަރ އަކީ 2018ގައި، ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އެއްތަނަކުން ހުރިހާ ބިލަކަށް ފައިސާ ދެއްކޭނެ ވަސީލަތެއް ގާއިމުކުރުމުގެ މަގްސަދުގައި ތައްޔާރު ކޮށްފައިވާ އެޕްލިކޭޝަންއެކެވެ. މީގެ ކުރިން ވެސް ޕޭޔަރއަށް ވަނީ މޯލްޑިވެސް ބިޒްނަސް އެވާޑްސް 2019ގެ ސްޓާޓަޕް އޮފް ދަ އިޔާ ލިބިފައެވެ, އަދި ގަތަރުގެ ސަރުކާރުގެ ހާއްސަ ދައުވަތަކަށް ގަތަރުގައި ބޭއްވޭ އެންމެ ބޮޑު އައިސީޓީ ފެއާގައި ވެސް ޕޭޔަރގެ އުފެއްދުންތެރީން ބައިވެރިވެފައިއެވެ.