ތިނަދޫގެ މޮނިޓަރިންގެ ހާލަތު އުވާލައިފި

ގދ. ތިނަދޫއަށް އަރައި ފޭބުމުގެ ހުއްދަ ދީފިއެވެ.
އެރަށް މޮނިޓަރިން އަށް ލާފައި ވަނީ ކަރަންޓީނުގައި ނެތް މީހެއް ފައްސި ވުމާ ގުޅިގެންނެވެ. އެ މީހާއަކީ އައްޑޫ ކްލަސްޓަރ ގައި ހިމެނޭ މީހެކެވެ.
މޮނިޓަރިންގެ ހާލަތު އުވާލައި ތިނަދުއަށް އަރައި ފޭބުމުގެ ހުއްދަ މިއަދު ދިނީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައިތާ ދިހަ ދުވަސް ފަހުންނެވެ.
މޮނިޓަރިންގެ ހާލަތުން އެރަށް ނަގާފައި ވަނީ ޑައިރެކްޓް ސާމްޕަލް ނެގިއިރު، އޭގެ ތެރެއިން އެއްވެސް މީހަކު ފައްސިވެފައި ނުވާތީއެވެ.
ތިނަދޫގައި ކޮވިޑް-19 ވައިރަސް ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި 07 ފެބްރުވަރީ 2021 ގައި ނެގުނު ރެންޑަމް ސާމްޕަލްއެއް ފައްސިވިއިރު، އެރަށުން ޖުމްލަ 3 މީހުން ކޮވިޑަށް ފައްސި ވެފައި ވެއެވެ.