ޚަބަރު

ލޯޔަރ ޝަޒީމް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިފާޢީ ވަކީލެއްގެ ގޮތުގައި އެންމެ އުހުގައި!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
ގާނޫނީ ވަކީލު ޝަޛީމު ވަޙީދު

ޤާނޫނީ ވަކީލު ޝަޛީމު ވަހީދަށް ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިއްޖެއެވެ.

ޝަޒީމަކީ ޖިނާޢީ މައްސަލަތަކުގައި ރާއްޖޭގައި މިވަގުތު މަސައްކަތްކުރަމުން އަންނަ ޒުވާން ކުޅަދާނަ ޤާނޫނީ ވަކީލެކެވެ. 2015 ވަނަ އަހަރުން ފެށިގެން ދިފާޢީ ވަކީލެއްގެ ހައިސިއްޔަތުން ރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ބުރަ މަސައްކަތްކުރަމުން އަންނަ ހުނަރުވެރި ޤާނޫނީ ވަކީލެކެވެ. އަދި ޖިނާއީ ގިނަ މައްސަލަތަކެއް ކާމިޔާބު ކޮށްފައިވާ، ވަކީލެއް މެއެވެ.

"ދެން" ފަރާތުން  ވަކީލު ޝަޒީމު ވަޙީދާއި ސުވާލު ކޮށްލުމުން ވިދާޅުވީ، މިއީ އުފާވެރި ވަގުތެއް ކަމަށެވެ. ނަމަވެސް މި ހިސާބަށް އައުމާއި، ވަކާލާތު ކުރުމުގައި ހުރި ބުރަކަމާއި އޭގެ ތަޖުރިބާ ޝަޒީމު ވަނީ ހިއްސާ ކޮށްފައެވެ. ވަކީލު ޝަޒީމު ވިދާޅުވާ ގޮތުގައި، ދިފާޢީ ވަކީލެއްގެ ގޮތުގައި ވަކާލާތުކުރުމަކީ އާދައިގެ މަސައްކަތެއް ނޫނެވެ. އެއީ، ވަރަށް ބުރަ ބިޔަ ބޮޑު މަސައްކަތެކެވެ.

"ޖިނާޢީ މައްސަލަތަކަކީ، އެންމެ ބުރަ ބޮޑު މަސައްކަތްތައް ކުރަންޖެހޭ ބާވަތުގެ މައްސަލަތަކެއް. މީހާ ހިފާ ހައްޔަރުކުރާ ހިސާބުން ފެށިގެން، ތަޙްޤީޤު މަރުޙަލާ، ބަންދު މަޖިލިސް، ދަޢުވާ އުފުލުމާއެކު، ޝަރީއަތުގެ މަޖިލިސްތަކުގައި ވަކާލާތުކުރަންޖެހޭ. މި މަރުޙަލާތަކުގައި ކުރަންޖެހޭ އެތަކެއް މަސައްކަތެއް ހުންނާނެ. 24 ގަޑިއިރު މަސައްކަތަށް ހުސްވެ ހުންނަންވެސް ޖެހޭ."

ދިވެހިރާއްޖޭގެ ހުރިހާ ކޯޓެއްގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފަވާ މަދު ޢަދަދެއްގެ ވަކީލުންގެ ތެރޭގައި، ޤާނޫނީ ވަކީލު ޝަޒީމު ހިމެނެއެވެ.. ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަވެސް ލިބިފައިވާއިރު، އުމުރުން އަދި އެންމެ 29 އަހަރެވެ.

ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅިފައިވާ ބޮޑެތި ޖިނާޢީ މައްސަލަތަކުގައި، ޤާނޫނީ ވަކީލު ޝަޒީމު އަންނަނީ ދިފާޢީ ވަކީލެއްގެ ހައިސިއްޔަތުން މިހާރުވެސް ވަކާލާތުކުރަމުންނެވެ.

Ads by PNC
  1. JasonTeague

    ހިތްވަރުގަދަ ދަރިއެއް

  2. ކަލޯ

    ސާބަހޭދޮމްބޭދޮނާާ!

  3. މަހުފޫޒް

    ތީ ވަރައް ވިޔާ ނުދާ ލޯޔަރެއް މީހުން އަތުން މަކަރާ ހީލަތުން ލާރިހޯދ ލޯޔަރެއް. ކޯޓުގަ ވާހަކަ ދައްކަން ވެސް ކަމަކު ނުދޭ..

    • މަހުފޫޒުު 2

      ހަޖަމެއްް ނުވާނެެ. ޝަޒީމުު އަކީީ ބަަރާބަރުު މީހެއް

  4. ޑުރަގު

    ޑުރަގު ވިޔަފާރި ކުރަންނާ އުހަށް އަރާނެ ދުނިޔޭގަ

  5. މީރާ

    މަޝްހޫރުވެލަން އާރޓިކަލް އެއް ޖަހާލީ ދޯ؟