ޚަބަރު

ލައިސަންސް ޖޫރިމަނާއަށް އޮތް ހައްލަކީ 16 އަހަރުގައި ލައިސަންސް ދިނުން: ޑރ. ޝަހީމް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އުމުރުން 18 އަހަރުގެ ބަދަލުގައި 16 އަހަރުގައި ދުއްވާ އެއްޗެހީގެ ލައިސަންސް ލިބޭ ގޮތް ފަހި ކޮށްދިނުމަކީ ޒުވާނުން ލައިސަންސް ނެތުމުން ޖޫރިމަނާ ވުމަށް އޮތް ހައްލެއްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޑރ. ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ލައިސަންސު ނެތި ޖޫރިމަނާ ކޮށްފައިވާ ޢުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ދިރިއުޅުން ނުފެށި ކައިވެނި ނުކުރެވޭ ވަރަށް މައްސަލަ ހައްލު ކޮށްދޭނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދެއްކެވި ވާހަކަފުޅަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިރިއުޅުމުގެ ޙާލަތު ހުރިގޮތުން ޒުވާނުން ޤާނޫނީ އިމުން ބޭރުވާން މަޖްބޫރުވެ ކުށްވެރިންނަށް ބަދަލުވާން ފުރުޞަތު ދެވިގެން ނުވާނެ ކަމަށާއި އިޖުތިމާޢީ ޙާލަތަށް ބަލައި ގެންނަން ޖެހޭ ޒަމާނީ ޙައްލު އަވަސް ގޮތަކަށް ގެންނަންޖެހޭ ކަމަށެވެ.

އަދި ދުނިޔޭގެ ބައެއް ގައުމުތަކުގައި ވެސް 16 އަހަރުގައި ލައިސަންސް ދޫކުރާ ކަމަށާއި މިގޮތަށް ފަހި ކޮށްދިނުމުން މި މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ލައިސަންސް ދޫކުރުން ހުއްޓުވާ، ބާއްވާފައި ލައިސަންސް ނެތި ދުއްވާ ޒުވާނުން ޖޫރިމަނާ ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަން ވެސް ޑރ. ޝަހީމް ފާހަގަ ކުރެއްވިއެވެ.

ލައިސަންސް ނުހޯދައި އުޅަނދުފަހަރު ދުއްވައިފިނަމަ ގާނޫނުގައި ބަޔާން ކުރާ އަދަބަކީ ފުރަތަމަ ފަހަރަށް ނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ. ދެ ވަނަ ފަހަރު ނަމަ 1500 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ. އަދި ދެ ފަހަރަށް ވުރެ ގިނަ ފަހަރަށް ނަމަ، އިތުރުވާ ކޮންމެ ފަހަރަކަށް 2000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

Ads by HDC
  1. ސޭކް ބެ

    ކުއްޖާ އުފަން ވާ ދުވަހުން ފެސިގެން ލައިސެންސް ދޭން ފެނޭ ލޮލް

  2. ބެލެނިވެރިން

    16 އަހަރުން ލައިސެންސް ދިނީމަ ތާ ތިމާ މީހާގެ ދަރި ފުޅައް ފައިދާ ވާނީ ލޮލް

  3. ައަސާސާ ހައްގު

    ރާއްޖޭގެ އެންމެން 12 ފޫޓު 12 ފޫޓު ގޮޅިޔަކަށް ލާފާ ގާނޫނު ތަނފީޒުކުރޭ. ނ

    ކިހާބޮޑު ބލއއ. ގޯތި ދޭށޭ. ބިންކޮޅެއް ދޭށޭ. ކޮން ފަދަަ
    ބޮޑު މުސީބާތެއްތަ އޭނ. ފްލެޓު ދީބަލަ ބިދޭސީންނަށް. ގޯތި އެއީ އަސާސީ ހައްގެއް ދޯ. ފުލެޓުވެސް ދެްޏާ ދީ ގޯއްޗަކާ އެއްކޮށް. މިހާރު ބޮޑު ވޭނަކަށް ވެޖޭ. ދެން އަމިއްލްޔަށް ގޯތިނަގާ ގެ އެޅީމަ އަންނާނެ އނެއްކާ އެ އަތުލަން. މިއޮތީވާ ގައުމ