ޚަބަރު

ހިމާޔަތްކުރާ ދިރޭތަކެއްޗާ ބެހޭ ގަވާއިދު އާއްމުކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވައިދެއް ހަދައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ގެޒެޓު ކޮށްފިއެވެ.

Ads by Sosun Fihaara

"ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު" ނަމުގައި އާންމުކުރި މި ގަވައިދު ގެޒެޓު ކުރެވުމާއެކު ތިމާވެށީގެ ގާނޫނުގެ ދަށުން ހިމާޔަތް ކޮށްފައިވާ ދިރޭ ތަކެއްޗާމެދު ދެން އަމަލުކުރާނީ މި ގަވައިދުގެ ދަށުންނެވެ.

މި ގަވައިދުގެ މަގުސަދުތަކުގެ ތެރޭގައި ދިރޭ ތަކެއްޗާއި، އެ ތަކެތީގެ ވެށްޓާއި، ގުޅިލާމެހިގެން ހިނގަމުންދާ ނިޒާމުތަކުގެ ދުޅަހެޔޮކަމާއި، ގުދުރަތީ ވަސީލަތްތަކުން ލިބޭ ހިދުމަތްތަކާއި، ގިނަގުނަވެގެންވާ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށް ބެލެހެއްޓުމާއި ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ތަކެތި ކަނޑައެޅުމުގައާއި، އެ ތަކެތި ބެލެހެއްޓުމުގައި، ހަރުދަނާ އުސޫލުތައް ޤާއިމުކޮށް، އެ އުސޫލުތަކަކީ ހުރިހާ ފަރާތެއްގެ ބައިވެރިވުން ހިމެނިގެންދާ، ދެފުށް ފެންނަ އުސޫލުތަކެއްކަން ކަށަވަރުކުރުމާއި، ތިމާވެށީގެ ގޮތުން މުހިންމު ދިރޭ ތަކެއްޗާއި، އެ ތަކެތީގެ ދިރުމަށް މުހިންމު ސަރަޙައްދުތައް ދެނެގަތުން އަދި އިނަލްއަގްވާމީ ގޮތުން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތި ރައްކާތެރިކޮށް، އެ ތަކެތީގެ ނަސްލުތައް ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާއި، ގައުމީ ފެންވަރުގައި މައިމަގަށް ނެރުމާއި، އެފަދަ ދިރުންތައް ހިމާޔަތްކުރުމަށް ޤައުމީ ފެންވަރުގައި ކުރެވެންހުރި މަސައްކަތްތައް ކުރުން ހިމެނެއެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކުރާ ދިރޭތަކެއްޗާބެހޭ ގަވައިދެއް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން މިއަދު ގެޒެޓުކޮށްފި އެވެ.

އެގަވައިދަށް ކިޔަނީ "ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު" އެވެ. އެގަވާއިދު ގެޒެޓު ކުރެވުމާއި ގުޅިގެން ތިމާވެށީގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރޭތަކެއްޗާމެދު ޢަމަލުކުރެވިގެންދާނީ އެގަވައިދުގައި ބުނާގޮތަށެވެ.

މި ގަވާއިދުގެ މަގުސަދަތަކުގެ ތެރޭގައި ދިރޭ ތަކެއްޗާއި، އެ ތަކެތީގެ ވެށްޓާއި، ގުޅިލާމެހިގެން ހިނގަމުންދާ ނިޒާމުތަކުގެ ދުޅަހެޔޮކަމާއި، ގުދުރަތީ ވަސީލަތްތަކުން ލިބޭ ހިދުމަތްތަކާއި، ގިނަގުނަވެގެންވާ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށް ބެލެހެއްޓުމާއި ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ތަކެތި ކަނޑައެޅުމުގައާއި، އެ ތަކެތި ބެލެހެއްޓުމުގައި، ހަރުދަނާ އުސޫލުތައް ޤާއިމުކޮށް، އެ އުސޫލުތަކަކީ ހުރިހާ ފަރާތެއްގެ ބައިވެރިވުން ހިމެނިގެންދާ، ދެފުށް ފެންނަ އުސޫލުތަކެއްކަން ކަށަވަރުކުރުމާއި، ތިމާވެށީގެ ގޮތުން މުހިންމު ދިރޭ ތަކެއްޗާއި، އެ ތަކެތީގެ ދިރުމަށް މުހިންމު ސަރަޙައްދުތައް ދެނެގަތުން އަދި އިނަލްއަގްވާމީ ގޮތުން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތި ރައްކާތެރިކޮށް، އެ ތަކެތީގެ ނަސްލުތައް ދެމެހެއްޓުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާއި، ގައުމީ ފެންވަރުގައި މައިމަގަށް ނެރުމާއި، އެފަދަ ދިރުންތައް ހިމާޔަތްކުރުމަށް ޤައުމީ ފެންވަރުގައި ކުރެވެންހުރި މަސައްކަތްތައް ކުރުން ހިމެނެއެވެ

އޭގެ އިތުރުން ގުދުރަތީ ގޮތުގައި ނުވަތަ ތަބީޢީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ތަކެތި ކަނޑައެޅުމުގައާއި، އެ ތަކެތީގެ މާހައުލުގައި އުޅޭއިރު، އެ ތަކެއްޗަށް ގެއްލުން ލިބިދާނެ ފަދަ އެންމެހައި ކަންތައްތައް ހުއްޓުވުމާއި ފުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ރައްކާތެރިކޮށް ހިމާޔަތްކޮށްފައިވާ ދިރޭ ތަކެތީގެ ޑާޓާބޭސްއެއް ޤާއިމުކޮށް ބެލެހެއްޓުމާއި، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ހާލަތު އަންގުވައިދޭ ލިސްޓެއް އެކުލަވައިލައި ބެލެހެއްޓުން އަދި ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެތި ކަނޑައެޅުމުގައި މުޖުތަމައުގެ ބައިވެރިވުމާއި ހޭލުންތެރިކަން އިތުރުކުރުންމުގެ އިތުރުން ދުރަތީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ތަހުލީލުތައް ކުރުމުގެ އުސޫލުތައް ހަރުދަނާކުރުމަކީ ވެސް މިގަވައިދުގެ މަގުސަދެކެވެ.

ހިމާޔަތްކުރާ ތަކެއްޗަށް މެނޭޖްމަންޓް ޕްލޭން ހެދުމާއި، ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ލިސްޓެއް އެކުލަވާލުމާއި، ހިމާޔަތް ކުރާ ދިރޭތަކެތި ބަލަހައްޓާ ތަންތަން ރަޖިސްޓްރީ ކުރުމާއި އެތަކެތީގެ ދިރާސާކުރުމާބެހޭ އިޖުރާއަތްތައް ވަނީ މިގަވައިދުގައި ހިމަނާފައެވެ.

 

Ads by HDC
  1. އަސާސީ ހައްގު

    އަހަރުންނަށް ނެތް ހިމާޔަތެއް ޖަނަވާރުންނަށް އަހަރުން ނުދޭނަން. ގާނޫނު އަސާސީން ފުރަތަމަ އަހަރުނގެ ހައްގުތައް ކަށަވަރުކުރޭ.

    ކިހާބޮޑު ބލއއ. ގޯތި ދޭށޭ. ބިންކޮޅެއް ދޭށޭ. ކޮން ފަދަ ބޮޑު މުސީބާތެއްތަ އޭނ. ފްލެޓު ދީބަލަ ބިދޭސީންނަށް. ގޯތި އެއީ އަސާސީ ހައްގެއް ދޯ. ފުލެޓުވެސް ދެްޏާ ދީ ގޯއްޗަކާ އެއްކޮށް. މިހާރު ބޮޑު ވޭނަކަށް ވެޖޭ. ދެން އަމިއްލްޔަށް ގޯތިނަގާ ގެ އެޅީމަ އަންނާނެ އނެއްކާ އެ އަތުލަން. މިއޮތީވާ ގައުމެއް.

  2. އަސާސީ ހައްގު

    އަހަރުންނަށް ނެތް ހިމާޔަތެއް ޖަނަވާރުންނަށް އަހަރުން ނުދޭނަން. ގާނޫނު އަސާސީން ފުރަތަމަ އަހަރުނގެ ހައްގުތައް ކަށަވަރުކުރޭ.
    ކިހާބޮޑު ބލއއ. ގޯތި ދޭށޭ. ބިންކޮޅެއް ދޭށޭ. ކޮން ފަދަ ބޮޑު މުސީބާތެއްތަ އޭނ. ފްލެޓު ދީބަލަ ބިދޭސީންނަށް. ގޯތި އެއީ އަސާސީ ހައްގެއް ދޯ. ފުލެޓުވެސް ދެްޏާ ދީ ގޯއްޗަކާ އެއްކޮށް. މިހާރު ބޮޑު ވޭނަކަށް ވެޖޭ. ދެން އަމިއްލްޔަށް ގޯތިނަގާ ގެ އެޅީމަ އަންނާނެ އނެއްކާ އެ އަތުލަން. މިއޮތީވާ ގައުމެއް.