ޚަބަރު

ސިވިލް ސަރވަންޓުންނަށް ފްލެޓް މަދު ކުރުމާ ގުޅިގެން މުޢިއްޒު ކަންބޮޑުވުން ފާޅު ކުރައްވައިފި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން
ފޮޓޯ: ވަގުތު

ހިޔާ މަޝްރޫޢުގެ ދަށުން ރައީސް ޔާމީންގެ ސަރުކާރުން އެޅުއްވި 7000 ފްލެޓްގެ ތެރެއިން ސިވިލް ސަރވަންޓުންނަށް ދިނުމަށް ނިންމާފައިވާ ފްލެޓްތައް މަދު ކުރުމާ ގުޅިގެންް ކުރީގެ ހައުސިން މިނިސްޓަރ މުޙައްމަދު މުޢިއްޒު ފާޑު ވިދާޅުވެއްޖެއެވެ.

Ads by STELCO

7000 ފްލެޓް އެޅުއްވުމުގެ މަޝްރޫޢު ހިންގެވި މިނިސްޓަރ މުޢިއްޒު ވިދާޅުވީ ސިވިލް ސަރވަންޓުންނަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒް ކުރުމުގައި އެންމެ ބުރަ މަސައްކަތް ކުރާ ފަރާތްތައް ކަމަށާއި އެ ފަރާތްތަކާ ދޭތެރޭ މިފަދަ އިހާނެތި ގޮތްތައް ހެދުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

ކުރީ ސަރުކާރުން ހިޔާ ފްލެޓްތައް ދިން ގޮތް ރަނގަޅު ނޫން ކަމަށް ބުނެ މި ސަރުކާރުން އެ ލިސްޓު އަލުން އެކުލަވާލިއިރު އެ ލިސްޓުގައި ހިމެނޭ ސިވިލް ސާވިސް މުވައްޒަފުންގެ ކެޓަގަރީން 50 މާކްސް ނުލިބޭ ފަރާތްތަކަށް ފުލެޓު ނުދިނުމަށް މިހާރު ނިންމާފައިވާ ކަމުގައި ނޭޝަނަލް ޕްލޭނިން، އިންފްރަސްޓްރަކްޗާ އެންޑް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!