ދުނިޔެ

ފެނެއް ކަރަންޓެއް ނެތް، އެމެރިކާ ގެ ބަލިމީހުންގެ ބޮޑު ކަމުދާ ތަކެތި ގެންދަން ޖެހެނީ ކޮތަޅަށް އަޅައިގެން!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އެމެރިކާގެ ހޮސްޕިޓަލަކުން ކަރަންޓާއި ފެން ކެނޑި، އެތަނުގައި އެނދުމަތި ކޮށްފައިވާ ބަލިމީހުންގެ ބޮޑުކަމުދާ ތަކެތި ކޮތަޅަށް އަޅައިގެން ގެންދަން ފަށައިފިއެވެ.

Ads by Sosun Fihaara

މީޑީއާ ރިޕޯޓުުތައް ބުނާ ގޮތުގައި މި ހޮސްޕިޓަލުން ކަރަންޓާއި ފެން ކެނޑިފައި ވަނީ ފިނި މޫސުމުގައި އައި ތޫފާނަކާ ގުޅިގެންނެވެ. އަދި މިކަމާ ގުޅިގެން އެ ހޮސްޕިޓަލުން ބަލި މީހުން ހުސްކޮށް އެހެން ހޮސްޕިޓަލުތަކަށް ގެންދަން ފަށައިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެެއެވެ.

އެމެރިކާގެ ޓެކްސަސް ގެ އޮސްޓިންގައި ހުންނަ "އެސްޓީ ސައުތު އޮސްޓިން މެޑިކަލް ސެންޓަރ" އަދި "ޑެލް ޗިލްޑްރަންސް މެޑިކަލް ސެންޓަރ" އިން އެތަނުގައި އެނދުމަތި ކޮށްފައިވާ ބަލިމީހުން އެހެން ހޮސްޕިޓަލުތަކަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

"ޑޭވިޑްސް ހެލްތު ކެއާ" ގެ ސީއީއޯ މިޑިއާ ތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ތޫފާނާ ގުޅިގެން ފެނާއި ކަރަންޓު ކެނޑުމުން އެހެން ހޮސްޕިޓަލުތަކަށް ބަލި މީހުން ޓްރާންސްފާ ކުރުމަށް މަޖުބޫރު ވެފައިވާ ކަމަށެވެ.

މީގެ އިތުރުން އެހެން ހޮސްޕިޓަލުތަކަށް ވެސް މިތޫފާނުގެ އަސަރު ކޮށްފައިވާ ކަމަށާއި ފެން ކެނޑުމުގެ ސަބަބުން ބަލި މީހުންގެ ބޮޑުކަމުދާ ތަކެތި ކޮތަޅަށް އަޅަން ޖެހިފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓުތަކުން މައުލޫމާތު ލިބެއެވެ.

އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހަކު ބުނާ ގޮތުގައި، ތޫފާނާ ގުޅިގެން ފެން ކެނޑުމުގެ ސަބަބުން އެ ހޮސްޕިޓަލުގައި ފާހާނާ ބޭނުން ކުރުމުގައި އަމަލުކުރަންވީ ޚާއްސަ އުސޫލުތަކެއް ކަނޑައަޅައިފައި ވާނެ ކަމަށެވެ. އެގޮތުން ކުޑަކަމު ދިއުމަށް ފަހުގައި ޓިޝޫ ފަދަ ތަކެތި ފާހާނާ ތަށި ތެރެއަށް ނޭޅުމަށް ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!