ޚަބަރު

އިދިކޮޅުގެ އެއްވުންތަކަށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން ދާތީ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބާއްވަމުންދާ އެއްވުންތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ޕޮލިސް ސާވިސްއިން ދީފިއެވެ.

Ads by STELCO

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ފުލުހުންގެ ފަރާތުން ވިދާޅުވީ، ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު އެ ފިޔަވަޅުތަކާ ދެކޮޅަށް ބައެއް ފަރާތްތަކުން އެއްވުންތަކާއި ހިނގާލުންތައް ބާއްވަމުންދާ ކަމަށެވެ. އެފަދަ ކަންކަން ކުރާނަމަ ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެގޮތުން ފުލުހުން ވިދާޅުވީ އެއްވުމެއް ބާއްވާނަމަ ވަގުތުން އެ އެއްވުމެއް ރޫޅާލާނެ ކަމަށާއި ބާރުގެ ބޭނުން ކުރަން ޖެހިއްޖެނަމަ އެކަމެއްވެސް ކުރާނެ ކަމަށެވެ.

"މިއީ ގާނޫނު ހިންގުމާއި ދައުލަތް ހިންގުމަށް ހުރަސް އެޅުމެއް. އެހެން ކަމުން ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަސް ނުޖެހޭނަން. މިފަދަ އެއްވުންތަކުގެ ބައިވެރިންނަށް އަޅުގަނޑު ދަންނަވަން އޮތީ މިއީ އެޗްޕީއޭގެ ގައިޑްލައިނާއި ގާނޫނާ ހިލާފަށް ހިންގާ އަމަލުތަކެއް ކަމަށްވާތީ މިފަދަ އެއްވުންތަކުގައި ބައިވެރި ނުވުމަށް،" ފުލުހުން ވިދާޅުވިއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!