ޚަބަރު

ރާއްޖޭގެ ކުޅިވަރު ކުރިއަރުވަން އިންޑިއާއިން 40 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ދެން އިމޭޖްސް/ އިބްރާހިިމް ޝަމްވީލް

ރާއްޖޭގެ ކުޅިވަރު ކުރިއަރުވަން އިންޑިއާއިން 40 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭން އެޤައުމުން ނިންމައިފިއެވެ.

Ads by MWSC

ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކުގައި މިހާރު ކުރިޔަށްދާ ރަސްމިއްޔާތެއްގައި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބުރަމަންޔަން ޖައިޝަންކަރު މިކަން އިއުލާނު ކުރައްވަމުން ވިދާޅުވީ މިއީ ވަކި ކުޅިވަރަކަށް، ނުވަތަ ވަކި ރަށަކަށް ހާއްސަކޮށް ދޭ އެހީއެއް ނޫން ކަމަށެވެ.

"މިއީ ކުޅިވަރުގެ ވަސީލަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރުމަށް ވެދޭ އެހީއެއް. އެގޮތުން އެއް ކުޅިވަރަށްވުރެ ގިނަ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް އިންޑިއާއިން އެހީތެރިވާން ނިންމަވާފައިވޭ" ޖައިޝަންކަރް ވިދާޅުވިއެވެ.

ޖައިޝަންކަރް އިތުރަށް ވިދާޅުވީ، މި ހުރިހާ ވަސީލަތްތައް ގާއިމުކުރުމާއެކު މިއިން ޒަމާނެއްގައި ނުދެކޭހާ ބޮޑަށް ރާއްޖޭގެ ކުޅިވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި މިކަމުގައި އިންޑިއާގެ ބައިވެރިވުން އޮތުމަކީ ލިބިގެންދާ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ރާއްޖޭގެ ކްރިކެޓް ކުރިއެރުވުގެ ގޮތުން އަވަސް މުސްތަގުބަލެއްގައި ކްރިކެޓް ކޯޗުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ޗެންނާއީގައި ފެށިގެންދާނެ ކަމަށާއި ބައިނަލްއަގުވާމީ ބޮޑު މުބާރާތަކުން ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމު ފެނިގެންދިއުމަކީ ބޮޑު އުއްމީދެއް ކަމަށްވެސް ޖައިޝަންކަރް ވިދާޅުވިއެވެ.

Ads by HDC
  1. ޖާނޭ

    ޙުވާކޮށްފައި ބުނަން. ބިރަކާނުލައި މަޖާކުރާ މަރުކަޒު އަޅަން ލާރި ދިނީ.

    • ޜިއްޓެ

      އެެހެނެއްނޫން އެވީކީ. ރާއްޖޭގެ ސަރަހައްދުތައް ގަނެލީ ރިޝްވަތު ދީގެން. 3ން ވަނަ ބޮޑު ހަގުރާމަ ކުރަން ތައްޔާރު ވާތީ.