ޚަބަރު

ގައުމު މިދާ މިސްރާބު ބަދަލުނުކޮށްފިނަމަ އެންމެން ރަހީނުވާނެ ދުވަސްވެސް އަންނާނެ: އުމަރު

ދެން އެމްވީ ، ދެން އޮންލައިން

ގައުމު މިދާ މިސްރާބު ބަދަލުނުކޮށްފިނަމަ ހުރިހާ ދިވެހިން ރަހީނުވާނެ ދުވަސް އަންނާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Ads by MWSC

އުމަރު މިހެން ވިދާޅުވީ ބ. ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ހަމަނުޖެހުން ހިންގާ 12 ދިވެއްސަކު އިއްޔެ ރަހީނު ކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އުމަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމު ދަތުރުކުރާ މިސްރާބު ބަދަލު ނުކޮށްފިނަމަ ހުރިހާ ދިވެހިން އެންމެން ރަހީނުވާ ދުވަސްވެސް އަދި އަންނާނެ ކަމަށެވެ.

"213،000 ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންނާއި ބާރުގަދަ ގައުމެއްގެ 150 ސިފައިން އެމީހުންގެ އުދުހޭ އުޅަނދުތަކާއެކު މި ފަސްގަނޑުގައި އެބަތިބި. އާ މިސްރާބަކަށް ހިންގަވާ" އުމަރު ވިދާޅުވިއެވެ.

ދޮންފިނޮޅުގައޮ ހިންގި ހަމަނުޖެހުންތަކުގައި 19 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ ޕަބްލިކް އޯޑާ ރެސްޕޮންސް ޔުނިޓާއި ތަހުގީގީ ޓީމް އެ ރަށަށް ދިޔަ ފަހުން އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށެވެ. އަދި ބަންގްލަދޭޝް ހައި ކޮމިޝަންގެ އެހީތެރިކަމާއެކުގައި އެ މީހުންނާ މުއާމަލާތް ކޮށްފައިވާ ކަމަށާއި އެ ރަށުގައި ހިނގައިދިޔަ ހަމަނުޖެހުމުގައި ބައިވެރިވިކަމަށް ބެލެވޭ 19 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!