ޚަބަރު

މިއަދު ކޮވިޑަށް ފައްސިވީ 10 މީހުން

ދެން އެމްވީ ، ދެން އޮންލައިން

މިއަދު އިތުރު 10 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މިއަދު ފައްސިވި 10 މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެއްސަކާއި، ބަންގްލަދޭޝްގެ ދެ މީހަކާއި އިންޑިއާގެ ތިން މީހެއްގެ އިތުރުން އިންޑޮނޭޝިއާ މީހެއް ކަމަށެވެ.

މި 10 މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 2410 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 419 މީހަކަށެވެ.

އަދި މިއަދު އިތުރު ހަތް މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1976 އަށް އަރާފައެވެ.

މި ބަލީގައި ރާއްޖެއިން 10 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ފަސް ބިދޭސީންނާއި ފަސް ދިވެހިންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!