ދުނިޔެ

ކޮވިޑް19 ޖެހޭ މީހުނަށް ސްޓްރޯކު ޖެހުމުގެ ފުރުސަތު ބޮޑު

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 ޖެހި ފަރުވާ ހޯދާ މީހުނަށް ސްޓްރޯކު ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by WAMCO

އެގޮތުން އާދައިގެ ހުންތަކަށް ވުރެ ކޮވިޑް19 ޖެހުމުން ސްޓްރޯކު ޖެހުމުގެ ފުރުސަތު 8 އިންސައްތަ އިތުރުވެގެންދާ ކަމަށް މި ދިރާސާއިން ދައްކާފައިވެއެވެ.

ނިއު ޔޯކް ސިޓީގެ ވީލް ކޯނެލް މެޑިސިން އިން ކުރި މި ދިރާސާގައި ދައްކާ ގޮތުގައި ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން 1.6 އިންސައްތަ މީހުނަށް ވަނީ ސްޓްރޯކު ޖެހިފައެވެ. އާދައިގެ އިންފްލޫއެންޒާ ޖެހޭ މީހުންގެ މި ރޭޓު އުޅެނީ 0.2 އިންސައްތައިގައެވެ.

މީގެ އިތުރުން އިންފްލުއެންޒާ ޖެހިފައިވާ މީހަކަށް ސްޓްރޯކު ޖެހިގެން މަރުވެފައިނުވާއިރު ސްޓްރޯކު ޖެހުނު 9 ކޮވިޑް ބަލި މީހުން ވަނީ މަރުވެފައެވެ.

ޖާމާ ނިއުރޮލޮޖީ ގައި ޝާއިއުކޮށްފައިވާ މި ރިޕޯޓުގައިވާ ގޮތުން ދިރާސާ ކުރި ޓީމުން ވަނީ މާޗު މަހާއި މެއި މަހުގެ ނިޔަލަށް ނިއުޔޯކް ސިޓީ ގައި ކޮވިޑް19 ޖެހިގެން އިމަޖެންސީ ފަރުވާ ހޯދި 1,916 މީހަކު ތަހުލީލު ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!