ކީރިތި ރަސޫލާގެ ސިޔަރަތު ފޮތެއް ތަރުޖަމާކުރާނެ ފަރާތެއް ހޯދަނީ

ކީރިތި ރަސޫލާގެ ސިޔަރަތު ފޮތެއް ކަމުގައި އައްރަޙީޤުލް މަޚުތޫމު ތަރުޖަމާނެ ކުރާނެ ފަރާތެއް ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.
އިންޑިޔާގެ އުއްތަރަޕްދޭޝްއަށް ނިސްބަތްވެވަވަޑައިގަންނަވާ އިލްމުވެރިޔާ ޞާފިއުއް ރަޙްމާން މުބާރަކްޕޫރީ ލިޔުއްވާފައިވާ ރަޙީޤުލް މަޚުތޫމު ފޮތް ތަރުޖަމާކުރާނެ ފަރާތެއް ހޯދަން ކުރި އިއުލާނުގައި އިސްލާމިކް މިނިސްޓްރީން ބުނީ، އެފޮތް ދިވެހި ބަހަށް ތަރުޖަމާކުރަން ބޭނުންވާތީ އެ މަސައްކަތްކުރާނެ ފަރާތެއް ހޯދާ ކަމަށެވެ.
ރަސޫލާގެ ސިޔަރަތު ފޮތެއް ތަރުޖަމާކުރުމަށް ހުޅުވާލާފައިވާއިރު، ދިވެހިން ޒަމާނުއްސުރެ ކިޔަމުން އަންނަ ސިޔަރަތު ފޮތަކީ ދީނީ ޢިލްމުވެރިޔާ ޝައިޚު ޙުސައިން ޞަލާޙުއްދީން ތަރުޖަމާ ކުރައްވައި އެކުލަވައިލެއްވި ކީރިތި ރަސޫލާގެ ސިޔަރަތެވެ.
ޝައިޚު ޒައިނީ ދަޙުލާނުގެ ސިޔަރަތު ފޮތް އަޞްލަކަށް ބައްލަވައިގެން އެކުލަވައިލެއްވި އެފޮތުގެ ރެކޯޑިން މިހާރު ވެސް ކޮންމެ ރޯދަ މަހެއްގައި ދިވެހިރާއްޖޭގެ އަޑުން ގެނެސްދެއެވެ.