ޚަބަރު

މަޖިލިސް މިއަދު ވަނީ ހައްދު ފަހަނައަޅާފައި: ޝެއިޚް އިލްޔާސް

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުން ޖިނާއީ ތަހުގީގު ހިންގައި ސަރުކާރުގެ ވުޒާރާތައް ހިންގުމަށް އަމުރުކުރާ ހިސާބަށް ދިއުމަކީ ހައްދު ފަހަނަ އެޅުން ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ޝެއިޚް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރާ ނިޒާމަކީ ތިން ބާރު ވަކިކުރެވިފައިވާ ނިޒާމެއްކަމަށްވާއިރު ކޮންމެ ބާރަކަށް ވެސް އަމަލުކުރާނެ މިންތަކާއި އިންތަކެއް ކަނޑައެޅިފައިވާކަމަށެވެ.

ނަމަވެސް ބާރުތައް ކަނޑައެޅި ބަޔާންވެފައި ވަނިކޮން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މައްސަލަ ބަލައި އެހެން ބާރުތަކަށް ނުފޫޒު ފޯރުވުމަކީ ސިޔާސީ ގޮތުން ހައްދު ފަހަނަ އެޅުންކަމަށެވެ.

ޝެއިޚް އިލްޔާސް އިތުރަށް ވިދާޅުވީ ސިޔާސީ ހައްދު ފަހަނަ އެޅުން ހުއްޓުވަން ޖެހޭ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!