ޚަބަރު

ބޮޑު ފިނޮޅުން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި!

ދެން އެމްވީ ، ދެން އޮންލައިން

ބ. ބޮޑު ފިނޮޅުގައި މިދިޔަ ބުދަ ދުވަހު ހަމަނުޖެހުން ހިންގި މައްސަލައިގައި، ހައްޔަރު ކުރި 19 ބިދޭސީންގެ ބަންދަށް 15 ދުވަސް އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ޖަހައިފިއެވެ.

Ads by MWSC

ފުލުހުންގެ މިޑިއާ އޮފިޝަލަކު ވިދާޅުވީ އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު އެކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި 15 ދުވަހު ބަންދުގައި ބެެހެއްޓުމަށް އަމުރު ކުރައްވާފައިވާ ކަމަށެވެ.

ބޮޑު ފިނޮޅުގައި 203 ބިދޭސީއަކު ހަމަނުޖެހުން ހިންގީ، އެމީހުންނަށް ހަތް މަސް ދުވަސް ވަންދެން މުސާރަ ނުދިނުމާއި ގުޅިގެން އިހުތިޖާޖު ކުރުމަށް ފަހުގައެވެ. އަދި އެބިދޭސީން ވަނީ 14 ދިވެހިން އެތަނުގައި ރަހީނު ކޮށްފައިވ ބަހައްޓާފައެވެ.

ބޮޑު ފިނޮޅުގައި ހަމަ ނުޖެހުން ހިންގުމާއި ގުޅިގެން އެންމެ ފުރަތަމަ އެމައްސަލަ ބެލުމަށް ބ. ތުޅާދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ފުލުހުންތަކެއް ވަނީ އެތަނަށް ގޮސްފައެވެ. ނަމަވެސް ފުލުހުންގެ ގަޔަށް ބިދޭސީން އޮށްގަލާއި ދަނޑިބުރި އުކި ކަމަށާއި އެކަމުގެ ސަބަބުން ފުލުހެއްގެ ބޯ ވެސް ފަޅައިގެން ގޮސްފައިވާ ކަމަށް، ފުލުހުން ވަނީ މައުލޫމާތު ދެއްވާފައެވެ.

އެކަމާއި ގުޅިގެން ފުލުހުންގެ އިސް ދެ އޮފިސަރުން ހިމެނޭ ގޮތަށް ޕަބްލިކް އޯޑާ ރެސްޕޯންސް ޔުނިޓް ޓީމަކާއި ފުލުހުންގެ ތަހްގީގު ޓީމެއް ބަންގްލަދޭޝްގެ ހައިކޮމިޝަންގެ ދެ އޮފިޝަލުންނާއެކު އެރޭގެ ފަތިހުގެ ވަގުތެއްގައި ބޮޑުފިނޮޅަށް ގޮސް އެރަށުގައި ތިބި ދިވެހިން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!