ދުނިޔެ

ރާނީގެ ގަނޑުވަރުގައި ދިރިއުޅެވޭ ގޮތަށް ގޭތެރެ ބަލަހައްޓާ މީހަކު ހޯދަނީ، މުސާރައަށް 4 ލައްކައަށްވުރެ ގިނަ ރުފިޔާ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބެތުގެ ވިންޑްސޯ ގަނޑުވަރު ސާފުކޮށް، ބަލަހައްޓާނެ މީހަކު ހޯދުމަށް އިއުލާނު ކޮށްފިއެވެ.

Ads by Sosun Fihaara

ބަކިންގްހަމް ޕެލެސްގެ ވެބްސައިޓުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އުމުރުން 94 އަހަރުގެ ކުއީން އެލިޒަބެތާއި އެކަމަނާގެ ފިރިކަލުން ޕްރިންސް ފިލިޕް (99އ.) ދިރިއުޅުއްވާ ވިންޑްސޯ ގަނޑުވަރު ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވާ ކަމަށާއި އެފަރާތަކަށް އަހަރީ އުޖޫރައެއްގެ ގޮތުގައި 19،000£ (410،122.50 ރުފިޔާ) ލިބޭނެ ކަމަށެވެ.

މުސާރާއިގެ އިތުރުން، އެމަޤާމަށް ހޮވޭ ފަރާތެއް ދިރިއުޅެން ހަމަޖެހިފައި ވަނީ ބަކިންގްހަމް ޕެލެސް ގައި ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މިމަގާމަށް ހޮވޭ މީހެއްގެ ޒިންމާއަކީ އެ ގަނޑުވަރު ބެލެހެއްޓުމުގެ ޓީމާއެކު މަސައްކަތް ކުރުމުގެ އިތުރުން އެތަނުގެ އިންޓީރިއާ ޑެކޮރޭޝަންތައް ހުރީ ރާނީ އަށް ކަމުދާނޭހެންތޯ ބެލުން ކަމުގައި ވެސް އެއިއުލާނުގައި ބުނެފައިވެއެވެ.

މަގާމަށް ހޮވޭ މީހަކު 13 މަސް ދުވަހުގެ ޓްރެއިނިން ފުރިހަމަ ކުރަން ޖެހޭ ކަމަށާއި އެމީހަކަށް އެވަޒީފާ ދާއިމީކޮށް ލިބޭނީ އެމުއްދަތުގައި ކުރި މަސައްކަތުގެ ފެންވަރު ވަޒަން ކުރުމަށް ފަހުގައި ކަމަށް ވެސް އިއުލާނުގައި ވެއެވެ.

އިއުލާނުގައި އިތުރަށް ބުނެފައި ވަނީ، މި މަގާމަށް ހޯދަނީ ނުހަނު ހީވާގި ކަމާއެކު މަސައްކަތް ކުރަން ބޭނުންވާ، އަދި އާ ޗެލެންޖުތަކާ ވެސް ކުރިމަތިލާން ބޭނުންވާ މީހެއް ކަމަށެވެ.

މީގެ އިތުރުން މަގާމަށް ކުރިމަތިލާ ފަރާތަކީ އިނގިރޭސި އާއި ހިސާބު މާއްދާއިން ފާސްވެ، ރަނގަޅު ތަޢުލީމެއް ލިބިފައިވާ ފަރާތަކަށް ވާން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

Ads by HDC
  1. އަހަރެން

    ޕީއެންސީގެ ޢަބްދުއްރަހީމް، އަދުރޭ ރަނގަޅުވާނެ ތިމަގާމަށް، ޝަރުތަކަށް ހިސާބު އޮތީމާ އަދުރޭއަށްވުރެ މޮޅުމީހަކު ނުހުންނާނެ ތިކަމަށް