ޚަބަރު

އުތުރު ތިލަފަޅުގެ އެއްބަސްވުން އާންމުންނަށް ފެންނަ ގޮތަށް ހާމަކުރަން ޖެހޭ: ޑރ. މުޢިއްޒު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރެއް ނުވަތަ ޑޮކްޔާޑެއް ހަދަން އިންޑިއާއާ އެކު ދިވެހި ސަރުކާރުން ވީ އެއްބަސްވުމުގެ މައުލޫމާތު ދެފުށް ފެންނަ ގޮތަށް އާންމުންނަށް ހާމަ ކުރުން ޖެހޭ ކަމަށް ކުރީގެ ހައުސިން މިނިސްޓަރ އަދި މާލެސިޓީ މޭޔަރުކަމަށް އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި މިފަހަރު ވާދަކުރައްވާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި އޮންނަ އުތުރު ތިލަފަޅުގައި ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރެއް ނުވަތަ ޑޮކްޔާޑެއް ހަދަން އިންޑިއާއާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ، ބައެއް މީޑިއާތަކުން ވެސް ވަނީ ރިޕޯޓު ކޮށްފައެވެ.

ނަމަވެސް އެމްއެންޑީއެފް އިން ވަނީ އެރިޕޯޓުތައް ދޮގުކޮށްފައެވެ.

މިކަމާ ގުޅޭ ގޮތުން ޑރ. މުޢިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުތުރު ތިލަފަޅުގައި ކޯސްޓްގާޑްގެ ބަނދަރެއް ހަދަން އިންޑިއާއެކު ވީ އެއްބަސްވުމާ ގުޅޭގޮތުން މީޑިއާ ތަކުން އިވެމުންދާ ކަންބޮޑުވުންތައް އުފެދޭ ފަދަ ރިޕޯޓުތަކަށް ބަލާއިރު މާލޭ ރައްޔިތުންނާއި އަދި މުޅި ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތަށްޓަކައި އެ އެއްބަސްވުމުގައިވާ ކަންކަން ދެފުށް ފެންނަ ގޮތަށް ހާމަކުރަން ޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ތަރައްޤީ ކުރުމަށް ނިންމާފައިވާ އުތުރު ތިލަފަޅުގައި ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް އަމާޒުކޮށްފައި އޮތީ ތިން އަހަރު ދުވަހުގެ ތެރޭގައެވެ. އަދި އެތަނުގައި ޒަމާނީ ހުރިހާ ވަސީލަތެއް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!