ރިޕޯޓް

ދެން "ރޭޑިޔޯ" އަޑު އަހާލަން އުނދަގުލެއް ނުވާނެ!

ދެން އެމްވީ ، ދެން އޮންލައިން
އަނަސް ރޭޑިއޯ އެޕްލިކޭޝަން ދައްކާލަނީ - ފޮޓޯ: ޒައީމް

އަހަރެމެންގެ މާމައިން ވެސް އެންމެ ޒަމާނުއްސުރެ އަޑުއަހަމުން އަންނަ އެކައްޗަކީ ރޭޑިއޯ އެވެ. ހެނދުނު ހެނދުނާއި އަރާ އިރާއިއެކު އެންމެ ފުރަތަމަ ވެސް އެޒަމާނުގައި އިވޭނީ ރޭޑިއޯ ހުޅުވައިގެން، އޭގެން އަންމަ މަދަހައެއް ނުވަތަ ވާހަކަތަޖުގެ އަޑެވެ. ބަރަކާތްތެރި ރަމަޟާން މަސް އަތުވެއްޖެނަމަ ސިޔަރަތުގެ އަޑެވެ.

Ads by Sosun Fihaara

މިޒަމާނުގައި ރޭޑިއޯ އެއް ގެންގުޅޭތަން ވަރަށް ނުފެނެއެވެ. އެންމެންގެ އަތުގައި ވެސް އޮންނަނީ ސްމާޓްފޯނެކެވެ. ސްމާޓްފޯނާއި ރަނގަޅަށް ކުޅޭކަށް އުމުރުން ދުވަސްވީ ގިނަ މީހުންނަކަށް ނޭނގެއެވެ.

މިކަން ލ. ފޮނަދޫ، ފާހި/ އަހުމަދު އަނަސް މިވަނީ އޭނަގެ ދުރު ވިސްނުމުން ބަދަލު ކޮށްލާ، އެންމެންނަށް ވެސް ފަސޭހަ ވާނެ ފަދައިން ރޭޑިއޯ ގެ އައު ވައްތަރެއް ވުޖޫދަށް ގެެނެސްފައެވެ. އަދި އެވެސް ސްމާޓްފޯނަށެވެ.

"ރޭޑިޔޯ" ގެ ނަމުން ނަން ދެވިފައިވާ އެޕްލިކޭޝަނެއް އިއްޔެ އަނަސް މިވަނީ ހުރިހާ އެންޑްރޮއިޑް ފޯނުތަކަކަށް އިންސްޓޯލް ކުރެވޭނެ ފަދައިން ލޯންޗު ކޮށްފައެވެ.

މިއެޕާއި ގުޅޭގޮތުން "ދެން" އަށް މައުލޫމާތު ދެމުން އަނަސް ބުނީ މާމަމެން ވެސް ބޭނުންވަނީ އަހަރެމެން ފޯނުން އެހެން އެއްޗެހި އަޑު އަހާ ގޮތަށް، ސިޔަރަތާއި އެއްޗެހި އަޑު އަހަން ކަމަށާއި އެކަމަކު މާމައަށް/ކާފައަށް އެއެއްޗެހި އަމިއްލައަށް ހޯދައިގެން އަޑު އަހަން ނޭނގޭ ކަމަށެވެ.

"އެއީ މީގެ ދެ އަހަރު ކުރި. 2018 ވަނަ އަހަރުގެ ކުރީކޮޅު. ތަފާތު މޮޅު ކަމެއް ކުރާނަމޭ ހިތައި "ދިވެހި ސިޔަރަތު" އެޕްލިކޭޝަނެއް ހެދުމުގެ މަސައްކަތް ފެށިން. އެޕްލިކޭޝަނުގެ އިންޖީނުގަނޑުގެ ބޮޑުބައެއް ނިމުނުފަހުން، ދިވެހި ދިވެހިބަހުގެ އެކެޑަމީން، އެ އެކެޑަމީއާއި ގުޅިގެން އެޕްލިކޭޝަން ހަދަން އެދުނު. އެ އެދުމުގެ މަތިން، އެކެޑަމީގެ ލޯގޯ ޖަހައި މުޅި އެޕްލިކޭޝަންގެ 90 އިންސައްތަ މަސައްކަތް ނިމުނު. އޭގެ ފަހުން އެ އެކެޑަމީން މާ ބޮޑު އެއްބާރުލުމެއް ނުލިބި، އެމަސައްކަތް އެހިސާބުން ހުއްޓުނު. އޭގެ ދެ އަހަރު ފަހުން މިއަދު، "ސިޔަރަތު އެޕްލިކޭޝަން" ހެދުމަށް ދެކެވުނު ހުވަފެނުގައި މިވަނީ ހަގީގީ ކުލަޖެއްސިފައި. އޭރު "ކުޑަ ފޮތެއްގައި" ލިޔެ ރައްކާކޮށްފައިވާ "ސިޔަރަތު މެގަ ޕްލޭން" އަށް ބޮޑެތި ބަދަލުތަކެއް ގެނެސް، "ރޭޑިއޯ" އެންޑްރޮއިޑް އެޕްލިކޭޝަން މިވަނީ ލޯންޗުކުރެވިފައި" އަނަސް ބުނެފައިވެއެވެ.

އެގޮތުން އަނަސް ބެލީ ކުރިން ރޭޑިއޯ އިން އަޑުއަހާ އެއްޗެހިތަކުގެ ތެރެއިން، މީހުން ގިނައިން އަޑު އަހަނީ ކޮން ކޮންޓެންޓުތަކެއްތޯއެވެ.

"އެންމެ މުހިންމު އެއްޗަކަށް ފާހަގަވީ ސިޔަރަތު. ދެން ޝާހުޒާދާ މުމްތާޒް ވާހަކައާއި އެކަހަލަ ބައެއް ކޮންޓެންޓު ލާފަ ހެދީ. ފުރަތަމަ ހެދީ މީގެ ވެބްސައިޓެއް. އެއީ މިދިޔަ ރޯދަ މަހުގެ ފުރަތަމަ ދުވަހު. އެކަމަކު ވެބްސައިޓަށް ވަނީމަތަަދޯ ޕްލޭ ކުރެވޭނީ އެއެއްޗެހި. ދިވެހިން ވެބްސައިޓު ހަދާފަ އިނަސް، ވެބްސައިޓާއި ހަމައަށް ދާން ވެސް އެބަޖެހޭ ދޯ ދަސްކުރަން. އެއަށް ވަރަށް ތަރުހީބުވެސް ލިބުން. ރޯދަ މަހު އެކަނި ވެސް ލައްކައަކަށްވުރެ ގިނަ މީހުން އެއަށް ވަތް. އެކަމަކު އެއަށްވުރެ ފަސޭހަ ގޮތެއް ހަދައިދޭން ވެގެން ރޭޑިޔޯ އެޕްލިކޭޝަން އުފެއްދީ" އަނަސް ބުންޏެވެ.

"ރޭޑިއޯ" ޖީބަށް!

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!