ރިޕޯޓް

މާޔޫސީކަން ފަރުދާ ކުރުމަށް ހިނިތުންވާށެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދުނިޔޭގައި ވަގުތުތައް ހޭދަ ކުރަމުން ދާއިރު ތިމާ އުފާވާ އެތައް ކަމެއް ދިމާވާނެއެވެ. އަދި ހަމައެފަދައިން ތިމާ ހިތާމަ ކުރަން ޖެހޭ އެތައް ކަމަކާ ވެސް ދިމާވާނެއެވެ. އެހެންނަމަވެސް ހަގީގަތަކީ މިދެކަމަކީ ވެސް އިންސާނީ ފިތުރަތުގައި ވާ ދެކަންތައް ކަމެވެ.

Ads by Sosun Fihaara

ކަމަކާ މާޔޫސްވުމުން އަބަދުވެސް ސިކުނޑީގައި ވަނީ އެކަމެވެ. ނިދަން ތައްޔާރުވީ ނަމަވެސް ނިދީގެ މައްޗަށްވެސް ބާރު ފޯރުވަނީ ހަމަ އެ މާޔޫސީކަމެވެ. މިކަމުން މިންޖުވުމަށްޓަކައި ބައެއް ފަހަރު ތިމާގެ ރަޙުމަތްތެރިންނާއި އެކު ހޭދަކުރާ ވަގުތު ވެސް ގިނަ ކުރެއެވެ. ނޫނީ އެހެން ކަންކަމުގައި ހޭދަކުރާ ވަގުތު އާދަޔާ ޚިލާފަށް ގިނަ ކުރެއެވެ. އެހެން ނޫނީ މަސައްކަތުގައި “ބިޒީ” ވެއެވެ.

އެހެންނަމަވެސް މިއިން އެއްވެސް ކަމަކުން ފައިދާ ކުރޭ ހެއްޔެވެ؟ ހަގީގަތުގައި މިފަދަ ކަންކަމުން ފައިދާކުރާ މީހުން ވަރަށް މަދެވެ. ކިތަންމެ މަސައްކަތެއް ކުރިކަމުގައި ވީނަމަވެސް ކުޑަ ހިނދުކޮޅަކަށް ސިކުނޑިން އެ ކަންތައް ފިލައި ހިނގައިދާނެއެވެ. ނަމަވެސް ދެން އަނެއްކާވެސް ކުއްލިއަކަށް ތިމާގެ މާޒީ ތިމާއަށް ސިފަވާން ފަށާނެއެވެ.

އެހިސާބުން އަނެއްކާ ބޭނުންވާނީ އެކަހެރިވާށެވެ. އެހެންނަމަވެސް މިފަދަ ޙާލަތްތަކުގައި އެކަހެރި ވުމަކީ ކުރުން އެންމެ ރަނގަޅު ކަމެއް ނޫނެވެ. މީހާ އެއްކޮށް ނަފްސާނީ ބަލިކަށި ކަމެއްގެ ތެރެއަށް ވަދެވި، އަމިއްލަ ނަފުސަށް ކޮންމެވެސް ސިފައަކުން އަނިޔާ ކުރަން ބޭނުން ވާނެއެވެ. ނަމަވެސް މިއީ އެއްވެސް ގޮތަކަށް ރަނގަޅު ގޮތެއް ނޫނެވެ. ތިމާގެ މާޔޫސީއަށް ވުރެން ތިމާގެ އަޤީދާ ވަރުގަދަ ކުރަން ވާނެއެވެ. އެހެނީ ނަފުސަށް އެއްވެސް ޒާތެއްގެ އަނިޔާއެއް ދިނުމަކީ އަޅަމެންގެ މާތްވި އިސްލާމްދީނުގައި ނަހީ ކުރައްވައިފައިވާ ކަމެކެވެ.

ރައްޓެހިންނާއެކު ވަގުތު ހޭދަކުރަމުން ދާއިރުގައި މޫނުމަތިން އުދާސްކަން ނޫނީ މާޔޫސްކަން ނުދައްކާށެވެ. އޭގެ ސަބަބުން ފަހަރެއްގައި އެމީހުންގެ ދުވަސް ވެސް ޚަރާބުވުން އެކަށީގެންވެއެވެ. ތިމާއަކީ ހިތްވަރުގަދަ މީހެއްކަން ތިމާ އަމިއްލަ ނަފުސަށް ސާބިތު ކޮށްދޭށެވެ. ކުޑަ ކުޑަ ހިނިތުންވުމަކުން ތިމާގެ މާޔޫސްކަން ފަރުދާ ކުރެވޭނެއެވެ. އެކަމުގައި އެހީވެދިނުމަށް އެންމެހާ ނަފުސާނީ ޑޮކްޓަރުން ވެސް އެތިބެނީ ތައްޔާރަށެވެ. އަދި ނަމާދުކޮށް ހެޔޮ ޢަމަލު ކުރުމުގައި ތިބާގެ ފައިތިލަ ސާބިތުކޮށްގެން ހުރިހާ ހިނދަކު މިއިން އެއްވެސް ކަމަކާ ކުރިމަތިލާން ނުޖެހޭނެކަން ކަށަވަރެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!