ކޮވިޑް-19: އައިޖީއެމްއެޗުން ފައްސިވީ މީހުންގެ އަދަދު 11 އަށް
ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 11 އަށް އަރައިފިއެވެ.
ސަރުކާރުގެ ފަރާތުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗް ގެ ޑޮކްޓަރު ޑރ. އަލީ ނަޒީމް ވިދާޅުވީ އެހޮސްޕިޓަލުން މިބައްޔަށް މިހާތަނަށް ފައްސުވެފައިވަނީ ހަތަރު މުވައްޒިފަކާއި ފަސް ބަލިމީހުންގެ އިތުރުން ދެ ބަލި މީހެއްގެ އާއިލާ ދެ މެންބަރެއް ކަމަށެވެ.
ސަރުކާރު ހޮސްޕިޓަލު އައިޖީއެމްއެޗުން ކޮވިޑް ގެ ކްލަސްޓަރ އެއް ފެނުމުން، އެހޮސްޕިޓަލުގެ 27 މުވައްޒިފެއް މިހާރުވަނީ އެކަހެރި ކޮށްފައެވެ.
އައިޖީއެމްއެޗުން ފުރަތަމަ މިބަލި ފައްސި ވެފައިވަނީ އެހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ އިންޑިނޭޝިއާ ރައްޔިތެކެވެ. އޭނާ ރޭގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ.
ޑރ. ނަޒީމް ވިދާޅުވީ އައިޖީއެމްއެޗުން ފައްސިވީ މުވައްޒިފުންނާއި ބަލިމީހުންނަށް ފަރުވާ ދެމުންދާ ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށެވެ.