ޚަބަރު

އިންޑިއާއަށް ދިޔަ މީހުންގެ ތެރެއިން އެކަކު ފިޔަވާ އެންމެންގެ ފަރުވާ ފަށައިފި: ޑރ. ނަޒްލާ

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާއަށް ބޭސްފަރުވާއަށް ދިޔަ މީހުންގެ ތެރެއިން އެކަކު ފިޔަވާ އެންމެންގެ ފަރުވާ ފަށައިފިކަމަށް އެޗްއީއޯސީ ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޑރ. ނަޒްލާ ވިދާޅުވީ އިންޑިއާއަށް ބޭސްފަރުވާއަށް ދިޔަ 28 މީހުންގެ ތެރެއިން އެކަކު ފިޔަވާ އެހެން އެންމެންގެ ބޭސްފަރުވާ ފަށާފައިވާ ކަމަށާއި އިތުރު 90 މީހަކު އިތުރު ފަރުވާއަށް އިންޑިއާއަށް ދިއުމަށް އެދިފައިވާކަމަށެވެ.

މީގެއިތުރުން ޑރ. ނަޒްލާ ވިދާޅުވެފައިވަނީ އިންޑިއާއަށް އިތުރު ފަރުވާއަށް ދިޔަ މީހުންގެ ތެރެއިން ތިން މީހަކަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށެވެ.

އާސަންދަ މެދުވެރިކޮށް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އިތުރު 90 މީހަކު އެދިފައިވާކަމަށާއި އެމީހުންގެ އިތުރު މަޢުލޫމާތު ހޯދުމަށް އެމީހުންގެ ޢާއިލާތަކަށް އާސަންދައިން ގުޅަމުން ގެންދާނެކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!