ޚަބަރު

ވޯޓާސް ލިސްޓާ ގުޅިގެން 1700 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފައިވޭ: އިލެކްޝަންސް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކަައުންސިލް އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 1700 އަށް ވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަ ކުރައްވައިފިއެވެ.

Ads by MWSC

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލާފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ލޯކަލް ކަައުންސިލް އިންތިހާބުގައި ވޯޓްލުމުގެ ހައްގު 272،480 މީހަކަށް ލިބިފައިވާއިރު، އެއީ ތެރޭގައި ހިމެނެނީ އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން 220،981 މީހަކާއި މާލެ ސިޓީއަށް ނިސްބަތްވާ 51،499 މީހެކެވެ.

މިހާރު ގާނޫނަށް އައި ބަދަލާއެކު، ވޯޓުލާން ރެޖިސްޓާރ ކުރުމުގައި، ކެންޑިޑޭޓުން ލައްވައި ސޮއިކުރުމަކީ ލާޒިމް ކަމެކެވެ. އެ ލިސްޓްތަކުގައި ސޮއިކުރުމަށް ފަހު، އިލެކްޝަންސް ކޮމިޝަނުގެ އިތުރުން، ދައުލަތުގެ އެހެން އެއްވެސް މުވައްސަސާއަކަށް ވެސް ވޯޓާސް ރެޖިސްޓްރޭޝަން ބަދަލެއް ނުކުރެވޭނެއެވެ. އެހެން ކަމުން ވޯޓާސް ލިސްޓުގައި ނުހިމެނޭ މީހަކަށް ވޯޓު ނުލެވޭނެ ކަަމަށާއި އަދި ވޯޓު ކަރުދާސް ވެސް ފޮނުވާނީ ސީދާ އަދަދަކަށް އީސީން މީގެ ކުރިން ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!