ޚަބަރު

އިންކަމް ސަޕޯޓުގެ ގޮތުގައި 2507 މީހަކަށް ޖުމްލަ 10 މިލިއަން ރުފިޔާ ދީފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް ލިބުނު ގެއްލުމުގެ ސަބަބުން ވަޒީފާއަށް އަސަރުކުރި މީހުންނަށް ދޭ އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި މިހާތަނަށް ޖުމްލަ 10.1 މިލިއަން ރުފިޔާ ދެވިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާ އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ހޫދު މިއަދު ވިދާޅުވީ، މި ހިނގާ ޖުލައި މަހުގެ ތިން ވަނަ ދުވަހާ ހަމައަށް 2507 މީހަކަށް އިންކަމް ސަޕޯޓް އެލަވެންސް ދޫކޮށްފައިވާ ކަމަށެވެ.

އިންކަމް ސަޕޯޓު އެލަވެންސްގެ ގޮތުގައި ފައިސާ ދޫކުރަން ފެށީ މެއި 20 ވަނަ ދުވަހުން ފެށިގެން ކަމަށް ފިނޭންސް މިނިސްޓަރު އިމްރާހިމް އަމީރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އެންސްޕާ މެދުވެރިކޮށް ދޫކުރެވޭ މި ފައިސާ ހަވާލުކުރެވެނީ މާޗް 1، 2020ގެ ފަހުން، ކޮވިޑް-19 ސަބަބުން ވަޒީފާ އިން ވަކިކުރެވިފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކުރެވިފައިވާ ފަރާތްތައް އަދި މުސާރަ ނުލިބޭގޮތަށް ނޯ ޕޭ ލީވްއަށް ފޮނުވާލެވިއިވާ ފަރާތްތަކަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބައެއް އުނިކުރެވިފައިވާ ފަރާތްތަކަށެވެ.

މި އުސޫލުގެ ދަށުން އެލަވެންސް ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ އޭޕްރީލް، މޭ އަދި ޖޫން މަހަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!