ދުނިޔެ

ކާންޔޭ ވެސްޓު އެމެރިކާގެ ރައީސް ކަމަށް ކުރިމަތިލަނީ، އެލަން މަސްކު ބުނަނީ ވޯޓު ޔަގީން ކަމަށް

ދެން އެމްވީ ، ދެން އޮންލައިން

ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް އެމެރިކާގެ ރައީސް ކަމަށް ކުރިމަތިލާނެ ކަމަށް ބުނެފިއެވެ.

Ads by WAMCO

ކާންޔޭ ރައީސް ކަމަށް ކުރިމަތިލާނެ ކަމަށް ބުނެ ކުރި ޓްވީޓާއެކު ކާންޔޭ އަށް ވަނީ އެލަން މަސްކު ގެ ސަޕޯޓުވެސް ލިބިފައެވެ. އެގޮތުން މަސްކު ވަނީ އޭނާގެ ވޯޓު ކާންޔޭ އަށް ދޭނެ ކަމަށް ބުނެފައެވެ.

މިއީ ކާންޔޭ ސީރިއަސް ކޮށްތޯ ނުވަތަ މަޖަލަކަށް ކުރި ކަމެއް ކަން އަދި ހާމަވެފައެއްނުވެއެވެ. ނަމަވެސް އެމެރިކާގެ ރައީސް ކަމަށް އަމިއްލަ ގޮތުން ކުރިމަތި ލުމުގެ ފުރުސަތު އަދިވެސް އޮތީ ހުޅުވާލވިފައެވ.

ކާންޔޭ ރައީސް ކަމަށް ވާދަކުރާނެ ކަމަށް ބުނެފައިވާއިރު ކާންޔޭ އަކީ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕްއަށް ތާއީދު ކުރަމުން އައި މީހެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!