ދުނިޔެ

އެމެރިކާ މީހުން އިންޑިއާ ދެކެ ވަރަށް ލޯބިވޭ: ޓްރަމްޕް

ދެން އެމްވީ ، ދެން އޮންލައިން

އެމެރިކާ އިން އިންޑިއާ ދެކެ ވަރަށް ލޯބިވާ ކަމުގައި އެމެރިކާގެ ރައީސް ޑޮނާލްޑު ޓްރަމްޕް ބުނެފިއެވެ.

Ads by WAMCO

ޓްރަމްޕް މިހެން ބުނެފައިވަނީ އެމެރިކާގެ މިނިވަން ދުވަސް ގެ ގޮތުގައި ފާހަގަކުރާ ޖުލައި މަހުގެ 4 ވަނަ ދުވަހުގެ މުނާސަބަތުގައި އިންޑިއާ ގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އެމެރިކާ އަށް ކީ މިނިވަން ދުވަހުގެ ތަހުނިޔާގެ ޖަވާބު ދެމުންނެވެ.

މޯދީގެ ތަހުނިޔާގައި ޓްރަމްޕާއި އެމެރިކާ ރައްޔިތުންނަށް އެގައުމުގެ 244 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކޮށްފައިވެއެވެ. އަދި ދުނިޔޭގައި އޮތް އެންމެ ބޮޑު ޑިމޮކްރަސީ އިން މި ދުވަހު މިނިވަންކަން ފާހަގަކޮށް އުފާކުރާ ކަމުގައި ވެސް މޯދީ ބުނެފައިވެއެވެ.

އިންޑިއާ އާއި އެމެރިކާ ގެ ގުޅުން ވަނީ ފަހަކަށް އައިސް ވަރަށް ރަނގަޅުވެފައެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ މިދިޔަ އަހަރުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެމެރިކާ އަށް ކުރި ދަތުރެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!