އަލްޙަމްދުލިﷲ! ގިނަ ބަލިތަކާއެކު ކޮވިޑް ޖެހިގެން ވެންޓިލޭޓަރުގައި އޮތް 71 އަހަރުގެ މީހާ އަށް ބަލިން ޝިފާލިބިއްޖެ
ކޮވިޑް-19 ޖެހުނު ގިނަ ސިއްހީ މައްސަލަތަކެއް ހުރި، އަދި ހާލުބޮޑުވެގެން ވެންޓިލޭޓަރުގައި ފަރުވާ ހޯދި އުމުރުން 71 އަހަރުގެ ދިވެހި މީހަކު އެ ބަލިން ޝިފާލިބިއްޖެއެވެ. ބަލިން ރަނގަޅުވެ، މިހާރު އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
މި މީހާ އަކީ އޭޕްރިލް މަހުގެ ތެރޭގައި ކޮވިޑް19 ޖެހިގެން އެޑްމިޓުކުރި މީހެކެވެ.
މިއީ މިހާތަނަށް ރާއްޖެއިން ކޮވިޑް19 ޖެހިގެން ހާލުބޮޑުވި މީހުންގެ ތެރެއިން ބަލިން ޝިފާ ލިބުނު އެންމެ އުމުރުން ދުވަސްވީ މީހާކަން ވެސް ފާހަގަކޮށްލަންޖެހެއެވެ.
#COVID19 Pneumonia
ARDS
SEPTIC SHOCK
MYOCARDITIS
MODS (Multi Organ Dysfunction Syndrome)
Hospital Acquired Pneumonia
Ventilator Associated Pneumonia
ASPIRATION PNEUMONIA
HYPERTENSION
DIABETES
OLD STROKE
OFF VENTILATORIn a single patient - Walks home
Alhamdhulillah— Dr. Mohamed Ali (@Moxamedalu) July 4, 2020
އެމީހާ ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔައިރު ބަލި މީހާގައިގައިި ހަކުރު ބަލި ހުރިއިރު، ކުރިން ސްޓްރޯކެއް ޖެހިފައި ހުރިކަމަށާއި، ލޭމައްޗަށް ދިޔުން ވެސް ހުރި ކަމަށް އައިޖީއެމްއެޗްގެ ޕިޒީޝަން ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.އަދި އެޑްމިޓް ކުރި އިރު، ނިއުމޯނިއާގެ އަލާމާތްތައްވެސް ހުރި ކަމަށާއި ނޭވާލާން އުދަނގޫވެސް އުނދަގޫ ކަމަށް މިކަމާއި ގުޅިގެން ޑރ. މުހައްދު އަލީ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ކޮވިޑް ބަލީގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީ، އުމުރުން ދުވަސްވީ މީހުންނާއި އެހެނިހެން ބަލިތައް ހުންނަ ފަރާތްތަކެވެ. ރާއްޖެއިން މީގެ ކުރިން 92 އަހަރުގެ މީހަކަށް ވެސް ވަނީ ބަލިން ޝިފާލިބިފައެވެ. ނަމަވެސް މި މީހާ ވެންޓިލޭޓަރަށް ލައިފައެއްނުވެއެވެ.