ކުޅިވަރު

ހާސް ނުވޭ، ސިޓީއަކަށް އަދަބެއް ނުދޭނެ: ގާޑިއޯލާ

ދެން އެމްވީ ، ދެން އޮންލައިން

ޔޫރަޕްގެ މުބާރާތްތައް ނުކުޅެވޭ ގޮތަށް ޔޫރަޕްގެ ފުޓްބޯޅަ އިދާރާއިން މެންޗެސްޓާރ ސިޓީ ސަސްޕެންޑް ކުރި މައްސަލައިގައި ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އިން ސިޓީއަށް އަދަބު ނުދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

Ads by MWSC

ޔުއެފާއިން މިދިޔަ ފެބްރުއަރީގައި އިނގިރޭސި ޗެމްޕިއަން މެންޗެސްޓަރ ސިޓީ ދެ އަހަރަށް ސަސްޕެންޑްކުރީ ފައިނޭންޝިއަލް ފެއާ ޕްލޭގެ ގަވާއިދާއި ޚިލާފު ވެފައިވާތީއާއި ޔުއެފާ ކްލަބް ލައިސަންސިންގައި މަކަރު ހަދާފައި ވާތީ އެވެ. ކުރިއަށް އޮތް ދެ އަހަރުގެ ޗެމްޕިއަންސް ލީގުން މެންޗެސްޓަ ސިޓީ ސަސްޕެންޑްކުރިއިރު، އެކުލަބު ވަނީ 30 މިލިއަން ޔޫރޯ އިން ޖޫރިމަނާ ވެސް ކޮށްފައެވެ.

މެންޗެސްޓަރ ސިޓީން ވަނީ މި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް)ގައި އިސްތިއުނާފް ކޮށްފައެވެ. އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ސީއޭއެސްގައި ހޯމަ ދުވަހު ފެށިއިރު، މި މައްސަލައިގައި ގޮތެއް ނިންމުން ޖުލައި މަހުގެ ކުރީކޮޅަށް ތާވަލުކޮށްފައިވާ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

މި މައްސަލައާއި ގުޅޭގޮތުން ގާޑިއޯލާ ބުނީ އެކުލަބުން ގޯސްކޮށް ކަމެއްކޮށްފައި ނޯންނާނެކަމަށާއި ކުލަބުގެ ވެރިންވެސް އެކަމުގެ ޔަގީންކަން ދީފައިވާކަމަށެވެ. އަދި މުޅި ކުލަބު އޮތީ އެކަތިގަނޑެއްގެ ގޮތުގައި އިތުބާރާއިއެކުކަމަށްވެސް އޭނާ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން ސީއޭއެސް އިން މި މައްސަލަ އަވަހަށް ބަލަން ނިންމީ ޔުއެފާގެ އެދުމުގެ މަތިން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފެށުމުގެ ކުރިން މި މައްސަލައިގައި އަމަލުކުރާނެ ފައިނަލް ގޮތެއް ކަނޑައެޅުމަށެވެ.

ޔުއެފާގެ ތުހުމަތުތައް މެންޗެސްޓަރ ސިޓީން ދޮގުކުރަމުން އަންނައިރު، މީގެ ކުރިންވެސް ފީފާ ފައިނޭންޝިއަލް ފެއަރ ޕްލޭއާއި ޚިލާފުވެގެން އެކުލަބަށްވަނީ ފިޔަވަޅުއަޅާފައެވެ. އެ ފަހަރު 49 މިލިއަން ޕައުންޑުން ޖޫރިމަނާ ކުރުމަށް ފަހު، އެ އަހަރުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރި ސިޓީގެ ސްކޮޑުގެ އަދަދު މަދުކުރަން ނިންމީއެވެ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!