ދުނިޔެ

ގެންގުޅުނު މީހާ މަރުވުމުން ކުއްތާވެސް އަމިއްލައަށް މަރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގެ އަންހެނެއް މަރުވި ޚަބަރާއެކު، އޭނާ ގެންގުޅުނު ކުއްތާ ވެސް އަމިއްލައަށް މަރުވެއްޖެއެވެ.

Ads by Sosun Fihaara

ރިޕޯތުތަކުން ބުނެފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ކާންޕޫރް ގައެވެ. މީގެ އަހަރުތަކެއް ކުރިން ޑޮކްޓަރެއް ގެންގުޅެން ފެށި ކުއްތާއެއް، އެމީހުން ދިރިއުޅެމުންދިޔަ އިމާރާތުން ފުންމާލައިގެން މަރުވީ، އެޑޮކްޓަރު ދުނިޔޭގައި ނެތްކަން އެއެއްޗަށް އެނގުމުންނެވެ.

ޑރ. އަނީތާ ރާޖް ސިންގް އަށް އެކުއްތާ ފެނިފައިވަނީ މީގެ 12 އަހަރު ކުރިން، ވަރަށް ބޮޑަށް ހާލު ދެރަވެފަައި ވަނިކޮށެވެ.

ޑރ އަނީތާ އެކުއްތާއަށް ފަރުވާދީ، ރަނގަޅު ސިއްޙަތެއް ވެސް ފޯރު ކޮށްދިނެވެ. އެކުއްތާއަށް ކިޔަނީ ޖަޔާ އެވެ.

"ޖަޔާ އެއިރު ވަރަށް އަނަރޫފަ. އަހަރުމެންގެ މަންމަ އެއަށް ފަރުވާކޮށްދީ ރަނގަޅަށް ބެލި. ޖަޔާ ގެންގުޅުނީ އާއިލާ މީހެއް ފަދައިން" ޑރ. އަނީތާގެ ފިރިހެން ދަރި ބުންޏެވެ.

"އަހަރެންގެ މަންމަ މަރުވީ ކިޑްނީ އަށް ޖެހުނު ބައްޔަކުން މިދިޔަ މަސްތަކުގައި ވަރަށް ބޮޑަށް ބަލިވި. ސިޓީ ހޮސްޕިޓަކުގައި ފަރުވާ ހޯދަމުން ދަނިކޮށް" ޑރ. އަނީތާގެ ދަރި ބުންޏެވެ.

ޑރ. އަނީތާ ގެ ފުރާނަ ނެތް މަސްގަނޑު ފެނިފައި ޖަޔާ އަށް ވަރަށް އަސަރުކޮށް، ވަރަށް ބޮޑަށް ރުއިއެވެ. އަދި އެއިމާރާތުގެ ހަތަރުވަނަ ފަންގިފިލާއިން ފުންމާލިއެވެ. ޖަޔާ ނަގައިގަނެގެން އަވަހަށް ހޮސްޕިޓަލަށް ދިޔައިރު، އެކުއްތާ ވަނީ އެއިރުވެސް މަރުވެފައެވެ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!