ލައިފްސްޓައިލް

ނަންބަރު އައިނު އެޅުމުން ލޮލަށް ގެއްލުންވޭތަ؟

ދެން އެމްވީ ، ދެން އޮންލައިން

އާންމުކޮށް ނަންބަރު އައިނު އަޅައި އުޅެނީ ލޮލުގެ ކޮންމެވެސް މައްސަލައެއް ޖެހި ފެނުން ރަނގަޅު ކުރުމަށް ކަމުގައިވާއިރު، ނަމްބަރު އައިނު އެޅުމުން އަހަރެމެންގެ ލޯ ބޮޑަށް ހަލާކުވާ ވާހަކައަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. އަދި ގަބޫލު ކުރަންވީ ކޮން ވާހަކައެއް ކަން ނޭނގޭ ފަދަ ވާހަކައެއް ވެސް މެއެވެ.

Ads by MWSC

މިކަމާއި ގުޅިގެން ތާރީހުގައި ވަނީ ބޮޑެތި ބަހުސްތަކެއް ވެސް ކުރެވިފައެވެ.

ނަމަވެސް ސައިންސުވެރިން ބުނާ ގޮތުގައި އައިނު އެޅުމުން އަހަރެމެންގެ ލޯ ހަލާކުވާކަމަށް ހީވެ، އެވާހަކަ ދެކެވުނަސް އެއީ ހަގީގަތެއް ނެތް ހީވުމެކެވެ. އަދި މިފަދައިން މެދުވެރިވަނީ ގިނަދުވަސް ތަކެއް ވަންދެން އައިނު އެޅުމަށް ފަހުގައި އައިނު ނާޅާ އުޅެންޖެހުމުން ކަމުގައި ވެސް ސައިންސުވެރިން ބުނެއެވެ.

ހަގީގަތުގައި ނަންބަރު އައިނަކީ ލޮލަށް ޖެހޭ އެކި އެކި ބަލިތަކަށް ޝިފާއެކެވެ. މިއީ އަހަރެމެން ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!