ކޮރޯނާ ވައިރަސް ގެ ސަބަބުން ވިއެޓްނާމްގައި ޖަނަވާރުތަކަކަށް އިހާނެތި ކޮށް ހިތާ ވީޑިއޯ އެއް އާންމު ވެއްޖެ
މާރްކެޓް އެއްގެ ތެރޭގައި ދިރޭ ޖަނަވާރު ތަކެއްޗަށް ލިބެމުން ދިޔަ އަނިޔާ ތަށް ދައްކުވައިދޭ ހައިރާންކުރުވަނިވި ވީޑިއޯ ފޫޓޭޖް އެއް އާންމު ވެއްޖެއެވެ. މި ވީޑިއޯގައި ބޮއް ، ވެލާ އަދި މަސް ކަހަލަ ދިރޭ ތަކެއްޗަށް އަނިޔަާވާ މަންޒަރު ދައްކުވާ ދެއެވެ.
މީގެ އިތުރުން ގިނަ އަސްދޫނި ތަކަކާއި އަދި ކުކުޅު ތަކެއް ކުޑަ ކޮއްޓަކައްލާ، ފިތި ބާރު ވެފައިވާ މަންޒަރު މި ވީޑިއޯއިން ދައްކުވާދެއެވެ. އަދި ހަމަ އެހެންމެ މާ ގިނަ ކުކުޅާއި އަސްދޫނި އެއް ކޮއްޓަކަށް ލުމުގެ ސަބަބުން އެކަތި އަނެކެތީގެ ގައި ދަށު ވެފައިވާ މަންޒަރު ވެސް އެވީޑިއޯއިން ދައްކުވާދެއެވެ.
މާރުކޭޓްގައ މަސައްކަތް ކުރާ މުވައްޒަފުން ދިރޭ ތަކެތި ބެލެހެއްޓުމުގެ މަސައްކަތް މާސްކު ނާޅާ ކުރާ މަންޒަރު މި ވީޑިޔޯ އިން ދައްކުވައި ދެއެވެ. އަދި އަންގި އާއި އެޕްރޮން ފަދަ ތަކެތިވެސް ބޭނުން ކޮށްފައި ނުވާކަން ފާހަގަ ކުރެއެވެ.
ކޮރޯނާ ވައިރަސް ވެސް ފެތުރިފައިވަނީ ޗައިނާގެ މިފަދަ މާރްކޭޓް އަކުން ކަމަށް ގިނަ ފަރާތްތަކުން ގަބޫލް ކުރެވެއެވެ. އެހެން ކަމުން މި ފަދަ މާރްކޭޓް އަކުން ކޮރޯނާ ވައިރަސް ފަދަ އިތުރު ވައިރަސް އެއް އުފަންވުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާ ތަކުން ރިޕޯޓްކުރެއެވެ.
މިކަމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ މި އަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އަދި އެހެންމެ މި އަމަލަކީ އިންސާނުންނާއި ޖަނަވާރުންގެ ސިއްހަތަށް ގެއްލުން ދެނިވި އަމަލެއް ކަމުގައި ވާތީ މި އަމަލަކީ ބަލާނުގަނެވޭނެ އަމަލެއް ކަމުގައި މި ޖަމިއްޔާއިން ފާހަގަ ކުރެވެއެވެ.
މި ވީޑިއޯ އަކީ މި އަހަރުގެ ފެބްރުއަރީ މަހާއި މާރޗް މަހާ ދެމެދު ނަގާފައިވާ ވީޑިއޯ އެއް ކަމަށް ފާހަގަ ކުރެވެއެވެ. އަދި ހަމަ އެހެންމެ އަދިވެސް މި މަރްކޭޓް ހުޅުވާފައި ހުންނަ ކަމަށް މީޑިއާ ތަކުން ރިޕޯޓް ކުރެއެވެ.