ލައިފްސްޓައިލް

އަނެކާއާމެދު ނިޔާއެއް ކަނޑައަޅާއިރު އޭނާގެ ހާލަތަށް ރިޢާޔަތް ކުރާށެވެ.

ދެން އެމްވީ ، ދެން އޮންލައިން

ބަވަނަ ވަމުންދާ މި ދުނިޔޭގައި އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް ތަފާތު މީހެއްކަން ޔަގގީނެވެ. އެކި މީހުންގެ ވިސްނުންވެސް ތަފާތު ވާނެކަން ގައިމެވެ. އަދި ހަމަ އެހެންމެ މި ދުނިޔޭގައި އެކި މީހުންނަށް ދިމާވާނީ ވެސް އެކި ކަންތައްތަކާއެވެ. އެއްވެސް މީހަކީ އަބަދު ހިތާމަ ކުރާނެ މީހެއް ނޫނެވެ. އަދި އެއްވެސް މީހަކީ އަބަދުމެ އުފަލުގައި އުޅޭނެ މީހެއްވެސް ނުމެ ނޫންމެއެވެ. ނަމަވެސް އަޅުގަނޑުމެންގެ މުޖުތަމައުގައި މިއަދު އާންމުވެފައިވާ އެއްކަމަކީ މީހަކު ބުނާ ބަހެއްގެ ސަބަބުން ނުވަތަ ހުންނަ ގޮތެއްގެ ސަބަބުން އެމީހަކާމެދު ނިޔާ ކަނޑަ އެޅުމެވެ. ނަމަވެސް ދަންނަވަންތޯއެވެ. ތިބާއަށް ބުނެވޭ އަނެކާއަށް ތިބާ ހީނުކުރާފަދަ ހިތާމަ އަކާ ކުރިމަތި ލާންވެސް ޖެހިދާނެއެވެ. އެހެން ކަމުން ކަމަކާމެދު އެއްޗެއް ބުނަންވާނީ ކަމުގެ ދެކޮޅު ބެލުމަށް ފަހުގައެވެ. އެހެނީ ކޮންމެ ކަމެއްގެ ވެސް ދެކޮޅު އޮންނާނެތީއެވެ. އެހެނީ އެންމެންގެ ވިސްނުމަކީ ހަގީގަތުގައިގެސް އެއްގޮތް އެއްޗެކަށް ނުވާތީއެވެ. ތިބާއަކީ ކިތައްމެ އުފަލުގައި އުޅުނު މީހެއއް ކަމުގައި ވީ ނަމަވެސް އަނެކާ އަކީ ވަރަށް ހާލުގައި އުޅޭ މީހަކަށް ވެސް ވެދާނެއެވެ.

Ads by Sosun Fihaara

މިއަދުގެ މީސްމީޑިޔާގެ ހާލަތާ މެދު ނަޒަރު ހިންގާލަމާ ތޯއެވެ. މީހެއްގެ އަމިއްލަ ދިރިއުޅުޅަށްވެސް މީހުންގެ ފާޑުކިޔާފައިވާތަން ފެންނަނީ މަދަކުން ނޫނެވެ. އާއެކެވެ. އެމީހަކު މީސްމީޑިޔާގައި ޕޯސްޓުކުރާ އެއްޗެއް ތިމާއަށް ވަރަށް މަޖާ އެއްޗަކަށް ވެސް ވެދާނެއެވެ. އަދި ތިބާއަށް މަޖާ މާނައެއް ނެގޭ އެއްޗެއް ކަމުގައި ވެސް ވެދާނެއެވެ. ނަމަވެސް އެ މީހާގެ ހާލަތާ މެދު ތިބާ އެއްފަހަރު ނަމަވެސް ވިސްނާލީމުތޯއެވެ؟ ނުވަތަ އެމީހާ އަކީ ކޮންކަހަލަ ކަންތައްތަކެއް ތަހައްމަލު ކުރަމުންދާ މީހެއްކަން ތިބާއަށް އިނގޭތޯއެވެ؟ ނޫނެކެވެ. ތިބާ ބޭނުންވަނީ މީސްމީޑީޔާގައި ތިބާއަށް މަގުބޫލުކަން ލިބުމަށެވެ. ތިބާއަށް ގިނަ "ޝެއާރސް" ލިބުމަށެވެ. ނަމަވެސް ތިބާ އަނެކާގެ އަމިއްލަ ދިރިއުޅުމާ ބެހުމުގެ ސަބަބުން އެމީހަކު ވާނެ ދެރަ އާއި އަންނާނެ ރުޅި އެނގޭނެ ނަމަ ތިބާވެސް އެހެން އެކަންތަކެއް ނުކކުރާނެ ނޫންތޯއެވެ.

ނިކަން ވިސްނާލަބަލާށެވެ. ތިބާގެ އަމިއްލަ ދިރިއުޅުމުގައި ހިނގާ ކަމެއް ތިބާ މީސްމީޑީޔާގައި ހިއްސާ ކުރުމުން މީހަކު އޭގެ "ސްކްރީންޝޮޓް" ނަގާ ތިބާގެ އަބުރު ކަތިލެވޭ ފަދަ ވާހަކަ ތައް ދައްކަމުން ދާނަމަ ތިބާ ހިތަށް އަރާނީ ކީކޭތޯއެވެ؟ ތިބާ ދެރައެއް ނުވާނެ ތޯއެވެ؟ ތިބާ ރުޅި އެއް ނާންނާނެ ތޯއެވެ؟ ތިބާއަށް ނަފްސާނީ ގޮތުން ކުޑަނަމަވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ތިބާ ހީކުރަނީ ތޯއެވެ؟ މި ހުރިހާ ސުވާލެއްގެ ޖަވާބުވެސް ތިބާއަށް އެނގޭނީ ތިބާއަށް އެފަދަ ކަމަކާ ކުރިމަތި ވުމުންނެވެ. މިއަދު ތިބާ އަނެކުންގެ އަބުރު ކަތިލަމުން އެމީހުންގެ އިހްސާސްތަކަށް އިހްތިރާމް ނުކޮށް އުޅޭއިރު އެކަން އެހެން ވުމުން ހުރި ވޭނާ ހިތާމަ އެއް ނޭނގގޭނެއެވެ.

އަޅުގަނޑުގެ ހިތަށް އަރައެވެ، އަނެކާގެ އަބުރު ކަތިލަމުން ތިބާ ތިޔަހެން އުޅެމުން ދާއިރު ހަމަ ތިބާގެ ހިތަށް އެކައްޗެއްވެސް ނާރަނީ ބާވައެވެ. ނުވަތަ އަނެކާގެ ވާހަތަކަށް ޖޯކް ޖެހުމުން ތިބާއަށް އުފަލެއް ލިބެނީ ބާވައެވެ. ނޫނެކެވެ. ތިބާވެސް ބޭނުންވަނީ މީސް މީޑިޔާގައި ސަމާލުކަން ހޯދާށެވެ. މައްސަލައެއް ނެތެވެ. ތިބާ މަގުބޫލުކަން ހޯދަން އުޅޭށެވެ. ނަމަވެސް އެކަން ހާސިލް ކުރުމަށް ޓަކައި އަނެކުންގެ އަބުރު ކަތިލަން ތިބާއަށް ހަމަ ޖެހޭތޯ އަޅުގަނޑުގެ ހިތަށް އަރައެވެ.

ދާދި އެހަކަށް ދުވަހު އަޅުގަނޑަށް މީސްމީޑީޔާއިން ފެނުނު ޕޯސްޓެއްގެ ވާހަކަ ހިއްސާ ކޮށްލާނަމެވެ. އަންހެން ކުއްޖެއްގެ ބަރަހަނާ ފޮޓޯ ތަކެއް މީސްމީޑިޔާ ތެރޭގައި ލީކްވުމުގެ ސަބަބުން އެ އަންހެން ކުއްޖާގެ އަބުރު ކަތިލުމުގެ ގޮތުން ވަނީ މީސް މީޑިޔާ ތެރޭގައި ބަޔަކު މީހުން އެތައް ކަމެއް ކޮށްފައެވެ. އެންމެ ރަނގަޅެވެ. އެ އަންހެން ކުއްޖާގެ ވެސް ކުށެއް އޮތް ކަމުގައި އަޅުގަނޑަށް ވެސް ގަބޫލު ކުރެވެއެވެ. ނަމަވެސް އޭގެ މާނަ އަކީ އެ އަންހެން ކުއްޖާގެ އަބުރު ކަތިލަންވީ ތޯއެވެ، ނުވަތަ އެ އަންހެން ކުއްޖާގެ ގޯސް ވާހަކަ ތައް މުޅި މީސް މީޑިޔާގައި ދައްކަން ވީ ތޯއެވެ. މުންކަރާތް މަނާ ކުރުމަށް ދީނުގައި އަންގަވާފައި އޮތް ގޮތަކީ ހަމަ އެއީ ތތޯއެވެ. ވާހަކައެއް ބުނަންތޯއެވެ؟ މީހަކު މީސްމީޑިޔާގައި ލިޔާ އެއްޗެއްގެ ސަބަބުން ނުވަތަ މީހަކު މީސްމީޑީޔޔާގައި ހިއްސާ ކުރާ އެއްޗެއްގެ ސަބަބުން އެމީހަކާ މެދު ނިޔާއެއް ކަނޑައެޅުމަކީ ތިބާގެ މޮޔަކަމެވެ. އެމީހާގެ ހާލަތަކަށް ނުބަލައި އެމީހާގެ އަބުރު ކަތިލަމުން ދިއުމަކީ ތިބާގެ ޖާހިލުކަމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!