މުނިފޫހިފިލުވުން

ކަޕިލް ޝަރުމާ ފުރޮޅުލީ ގޮނޑިއެއްގައި، މިވަނީ ކިހިނެއް؟

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މި ހަފްތާގެ ތެރޭގައި ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދި އެއް ކަމަކީ މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރުމާ ، މުމްބާއީ އެއާޕޯޓުން ފުރޮޅުލީ ގޮނޑިއެއްގައި އިނދެ ނިކުތް ފޮޓޯތަކެއްގެ ވާހަކަތަކެވެ.

Ads by STELCO

ކަޕިލް ފުރޮޅުލީގޮނޑިއެއްގައި ފެނި ގިނަ އަދަދެއްގެ ފޮޓޯގްރަފަރުން ވަނީ އެ ސަރަހައްދަށް ޖަމާވެ ކަޕިލް ވަށާލާފައެވެ. ނަމަވެސް މީޑިއާއަށް ކަޕިލް އެއްވެސް އިންޓަވިއުއެއް ދީފައެއްނުވާއިރު ގިނަ ބަޔަކު ވަނީ ކަޕިލް އަށް ވީ ގޮތަކާމެދު ސުވާލު އުފައްދާފައެވެ.

"ބޮލީވުޑް ހަންގާމާ" އަށް ދިން އިންޓައުއެއްގައި ކަޕިލް ވަނީ އޭނާ ފުރޮޅުލީ ގޮނޑިއެއްގައި އިނީ ޖިމް ގައި އޭނާގެ ބުރަކަށްޓަށް ލިބުނު ކުޑަ އަނިޔާއެއްގެ ސަބަބުން ކަމަށާއި މިހާރު އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ކޮމޭޑިއަން އެއްގެ ގޮތުގައި ކަޕިލް އަށް ބޮޑު މަޝްހޫރު ކަމެއް ލިބުނީ "ދަ ކަޕިލް ޝަރުމާ ޝޯ" އިންނެވެ. މި ޝޯ 2016 އިން ފެށިގެން ގެނެސްދެމުންދާއިރު އަބަދުވެސް ޓެލެވިޒަން ރޭޓިން ޕޮއިންޓް (ޓީއާރްޕީ) ގެ އެންމެ ކުރީގައި އުޅޭ އެންމެ ގިނަ ބަޔަކު ބަލާ ޝޯތަކުގެ ތެރޭގައި މި ޝޯ ހިމެނެމުން ދެއެވެ.

ކަޕިލް ވަނީ ދާދި ފަހުން ނެޓްފްލިކްސް އޮރިޖިނަލް ފިލްމެއް ހަދަން އުޅޭކަން ވެސް އިއުލާނު ކޮށްފައެވެ.

އެކްޓަރެއްގެ ގޮތުގައި މިހާތަނަށް ދެ ފިލްމެއް ކަޕިލް ވަނީ ކުޅެފައެވެ. "ކިސް ކިސްކޯ ޕިޔާރް ކަރޫން" އާއި "ފިރަންގީ" އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!