ކޮވިޑް19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ
ކޮވިޑް19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
އެޗްޕީއޭ އިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19 ޖެހިގެން ނިޔާވީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މީހާ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވާ ކޮވިޑް ސެންޓަރުގައި ގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު 04؛35 ގައެވެ.
މިރޭ ނިޔާވި ފިރިހެން މީހާއާއެކު، ކޮވިޑް-19 ޖެހިގެން މިހާރު ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 12 އަށް އަރާފައެވެ. ނިޔާވި ދިވެހިންގެ ތެރޭގައި ހިމެނެނީ މުޅިން ވެސް ދުވަސްވީ މީހުންނެވެ. ދެން މި ބަލީގައި ރާއްޖެއިން މަރުވީ ބަންގްލަދޭޝް މީހުންނެވެ. އޭގެ ތެރޭގައި ދެބައި އުމުރުގެ މީހުން ވެސް ހިމެނެ އެވެ.
ރާއްޖެއިން މިހާތަނަށް ޖުމްލަ 2468 މީހަަކަށް ކޮވިޑް19 ޖެހިފައިވާއިރު ފަރުވާދެމުން އަންނަނީ 402 މީހަކަށެވެ.